ފުލުހުންގެ އިދާރާ
ފުލުހުންގެ އިދާރާ
ރާއްޖޭގައި އިސްލާމްދީނާ ދީނާ ދެކޮޅު ފޮތެއް ވިއްކަމުންދާތީ އެމައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

އަމިއްލައަށް ނަބީ ކަމަށް ދަޢުވާކޮށް ގިނަ ދީންތަކެއް މަސްހުނިކޮށްގެން އައު ދީނެއް އުފައްދަން އުޅޭ މީހެއްގެ ފޮތެއް ރާއްޖޭގެ ފިހާރައެއްގައި ވިއްކާތީ އެމައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ ރައްޔިތުންގެ އިއްތިހާދުންނެވެ.

އެކަމާ ގުޅިގެން އިސްލާމިކް މިިނިސްޓްރީން ބުނީ އެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އަދި ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި މިފޮތް ބައްލަވައިގަނެފައިވާ ފަރާތްތަކުން ފޮތްވިއްކާ ފިހާރައިގެ މަޢުލޫމާތު ޙިއްސާކޮށްދިނުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.



ކުރީގެ މަޝްހޫރު ލިޔުންތެރިޔަކު ލިޔެފައިވާ އެ ފޮތުގައި ހުރިހާ ދީންތަކެއް އެއްކޮށްލަން ވަނީ ހިތްވަރު ދީފައެވެ.

ފުލުހުންބުނީ އެ މައްސަލަ މިހާރު ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން