ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކޯވިޑް-19 ޓާސްކްފޯސްއާއެކު
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކޯވިޑް-19 ޓާސްކްފޯސްއާއެކު
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ހިތްހަމަ ނުޖެހޭ ބަޔަކުވެސް ތިބެދާނެ ކަމަށާއި އެހެން ނަމަވެސް ސަރުކާރުން އެޅި ހުރިހާ ފިޔަވަޅެއްވެސް އެޅީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ޤައުމާ މުހާތަބުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ރާއްޖޭގައި ކޯވިޑް-19 ފެތުރުނަ ނުދިނުމަށް ސަރުކާރުން އަޅާފައިވާ އެކި ފިޔަވަޅުތަކާ މެދު ހިތްހަމަ ނުޖެހޭނެ ބަޔަކުވެސް ތިބޭނެ ކަމަށެވެ. ނަމަވެސް ސަރުކާރުން ކޮވިޑާ ދެކޮޅަށް އަޅާފައިވާ ހުރިހާ ފިޔަވަޅުތަކަކީ ވެސް އެންމެންގެ ރައްކާތެރިކަމަށް އެޅި ފިޔަވަޅުތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި އެގައުމުތަކަށް ބަލި އެތެރެވިތާ ކުރީކޮޅު އެފަދަ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން އެގައުމުތަކުން އުފުލާ އުނދަގޫތައް ފެނިވަޑައިގަންނަވާ ކަމަށެވެ.

"ރާއްޖޭގައި ކޯވިޑް-19 ފެތުރެން ފެށިތާ އެންމެ ދޮޅު މަސްވެސް ނުވަނީސް، މިކަމުން އަރައިގަތުމުގެ ވާހަކަ، މާތް ﷲގެ ވާގިފުޅާއެކު މި ދެކެވެނީ، ދުރާލައި މި ފިޔަވަޅުތައް އެޅުމުގެ ސަބަބުން. އެހެން ނޫންނަމަ، އަޅުގަނޑުމެންވެސް މިއަދު ތަޖުރިބާކުރަމުން ދާނީ ސިއްހީ ތަޖުރިބާކާރުން އަންދާޒާކުރެއްވި އެންމެ ނުރައްކާތެރި ހާލަތު." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިއްހީ ހިދުމަތްތެރިންގެ ލަފަޔާ އެއްގޮތަށް އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުން އެއްބާރުލުންދީ، ކަންކަން ރަނގަޅަށް ތަންފީޒުވާނަމަ، ލޮކްޑައުން މުއްދަތު ހަމަވުމުން ލުއިތަކެއް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

މި ބައްޔަށްފަހު އާންމު ދިރިއުޅުމަށް އެނބުރި ދިއުމަށް ތައްޔާރުވާން ޖެހޭ ކަން ފާހަގަކުރަށްވަމުން ރައީސް ވިދާޅުވީ، މި ބަލީގެ ސަބަބުން ކުރިމަތިވެފަިއވާ އިގުތިސާދީ އަދި އިޖުތިމާއީ ދަތިތަކުން އަރައިގަތުމަށް އުފެއްދި ޓާސްކް ފޯސްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދަވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


1

ރައިޔަތު އަހުމަދު

21-May-2020

ވަރަށް ފުރިހަމަ، ތިކުރައްވާ މަސަތްކަތް ޕުޅަށް ސާބަސް.. ރައީސުންނަކީ ތީ.. ތިމާގެ މިތުރު އެލެކްސް ނުރުހުނަސް ރައިޔަތުންގެ މަންފައަށް އިސްކަންދީގެން ގައުމީ މަސްލަހަތު އިސްކުރާ މީހުން.. އެލެކްސް އެއުޅެނީ އޭނާގެ އަންބޮނޑި ބޮޑުނުވެގެން ހީލަތްތެރިކަމާއި އެކުގައި މީހުންގެ ރުހުން ލިބޭތޯ.. އެކަމަކު މިހާރު އަހރުމެންނަށް ފެނޭ އިނގޭ އޭނާ ކަންކުރާގޮތާޢި ދައްކާ ވާހަކައާއި ދިމާނުވާކަން..



ޓްރެންޑިން