މާލެސިޓީ ލޮޮޮޮޮޮޮޮޮޮކްޑައުންގައި (ރަސް ފޮޓޯ- ޝާހް)
މާލެސިޓީ ލޮޮޮޮޮޮޮޮޮޮކްޑައުންގައި (ރަސް ފޮޓޯ- ޝާހް)
ފުރަބަންދު ރަނގަޅަށް ތަންފީޒުވަމުންދާ ނަމަ މާލޭ ސަރަހައްދުގައި މިހާރު މި އޮތް ލޮކްޑައުން ނިމުމުން، މިމަހު 28 ގެ ފަހުން ލުއިތަކެއް ދެއްވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ގައުމާ މުހާތަބު ކުރައްވާ ރައީސް ވިދާލުވީ ލޮކްޑައުން ނިމުމާއެކު ލުއިތައް ދެއްވާނީ މަރުހަލާތަކަކަށް ބައްސަވާލައްގައިގެން ކަމަށެވެ. އެގޮތުން ގެއިން ނުކުތުމާއި، ވިޔަފާރި ކުރުމަށް ފިހާރަތަކަށް ދިއުމާއި މިސްކިތްތަކަށް ނަމާދަށް ދިއުމުގެ އިތުރުން ސައި ހޮޓާ ރެސްޓޯރަންޓް ތަކާއި ސްކޫލުތަކާއި އޮފީސްތައްވެސް ހުޅުއްވާ ލައްވާނެ ކަމަށެވެ.

"ޞިއްޙީ ޚިދުމަތްތެރިންގެ ލަފަޔާ އެއްގޮތަށް، މިހާރު އަޅާފައިވާ ފިޔަވަޅުތައް، ރައްޔިތުންގެ އެއްބާރުލުމާ އެކު، ރަނގަޅަށް ތަންފީޒުވަމުން ދާނަމަ، މާލެ ސަރަޙައްދުގައި އޮތް ފުރަބަންދުގެ މުއްދަތު ހަމަވުމުން، ލުއިތަކެއް ދިނުމަށް މިއަންނަނީ ތައްޔާރުވަމުން." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިއިން ކޮންމެ ކަމަކަށްވެސް ލުއިތަކެއް ދެއްވާނީ ވަކިވަކި އިންތިޒާމްތަކެއްގެ ދަށުން ކަމަށާއި، އެ ލުއިތަކާ ގުޅޭ ތަފްސީލު ކުރިއަށް އޮތް ތަނުގައި ސަރުކާރުން ދެމުން ގެންދާނެ ކަމަށެވެ.

މިގޮތުން ފުރަތަމަ ކަމަކީ، ގެއިން ބޭރަށް ނުކުމެ އުޅުމަށް ލުއިތަކެއް ދިނުމާއި، މިހާރަށް ވުރެ ފަސޭހަ އިންތިޒާމަކުން ޢާންމު ވިޔަފާރިތަކަށް ފުރުޞަތު ހުޅުވާލުން ކަމަށާއި، އަދި އެހެން ފިޔަވަހިތަކުގައި މީހުން އެއްވެ އުޅުމުގެ ކަންކަމަށް ލުއިތަކެއް ދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ގޮތުން، މިސްކިތްތައް ހުޅުވާލައި، ހޮޓާތަކާއި ކެފޭތައް ހުޅުވުމަށާއި ސްކޫލްތަކުގެ ކިޔަވައިދިނުން ފެށުމަށް ވެސް، ވަކި އިންތިޒާމުތަކެއްގެ ދަށުން ހުއްދަ ދެވޭނެ ކަން ފާހަގަ ކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި ލުއިތަކުގެ އިތުރުން ރާއްޖޭގެ ރިސޯޓުތައްވެސް ހުޅުވާލައްވަން ނިންމަވާފައިވާކަމަށެވެ. އަދި އެއާޕޯޓުވެސް ހުޅުވާލުމާއި، ފަތުރުވެރިންނަށް ރާއްޖެ އާދެވޭނެ ގޮތްތައް ހަމަޖައްސަވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މާލެއިން ފުރަބަންދުގެ ޙާލަތު ދޫކޮށްލާއިރު، ކޮވިޑަށް ޓެސްޓް ކުރުމުގެ ޤާބިލްކަން މިހާރަށް ވުރެ ބޮޑަށް އިތުރުކުރެވޭނެ ކަމަށާއި، އަދި ފަރުވާ ދިނުމަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާއި އާލާތްތައް ވެސް އިރާދަކުރެއްވިއްޔާ ހަމަކުރެވޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން