މާލޭގައިި އަލަށް އިމާރާތްކޮށްފައިވާ ސަލްމާން މިސްކިތް
މާލޭގައިި އަލަށް އިމާރާތްކޮށްފައިވާ ސަލްމާން މިސްކިތް
މިހާރު މާލޭ ސަރަހައްދުގައި މި އޮތް ލޮކްޑައުން ރަނގަޅަށް ތަންފީޒުވަމުންދާ ނަމަ، މި މަހު 28 ގެ ފަހުން ލުއިތަކެއް ދޭން ނިންމަވާފައިވާ ކަމަށާއި އެ ގޮތުން ގެއިން ބޭރަށް ނުކުތުމަށް ލުއިތަކެއް ދީ، މިސްކިތްތަކާއި ހޮޓާ ވިޔަފާރިތައް ހުޅުވާލައި ސްކޫލުތަކުގެ ކިޔެވުންވެސް ވަކި އިންތިޒާމެއްގެ ދަށުން ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ކޯވިޑް-19ގެ ހާލަތާ ގުޅޭ ގޮތުން މިރޭ ގައުމާ މުހާތަބު ކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ، އާންމުންގެ އެއްބާރުލުން ލިބި، ރަނގަޅަށް ތަންފީޒުވަމުން ދާނަމަ، މާލެ ސަރަހައްދުގައި މިހާރު އޮތް ފުރަބަންދުގެ މުއްދަތު ހަމަވުމުން، ލުއިތަކެއް ދިނުމަށް ވިސްނަވާ ކަމަށެވެ. މިހާރު އިއުލާންކޮށްފައިވާ 14 ދުވަހުގެ ފުރަބަންދުގެ މުއްދަތު ހަމަވަނީ މި މަހުގެ 28 ވަނަ ދުވަހަށެވެ.

އެގޮތުން އެ ލުއިތައް ދޭނީ ފިޔަވަހިތަކަކަށް ބަހާލައިގެންކަން ފާހަގަ ކުރައްވާ ރައީސް ޞާލިޙް ވިދާޅުވީ، މީހުން ގެއިން ބޭރަށް ނުކުތުމާއި، ސްކޫލްތަކުގައި ކިޔަވައިދިނުމާއި މިސްކިތްތައް ހުޅުވަން އަދި ސަރުކާރުގެ އޮފީސްތަކާއި އާންމު އޮފީސްތައް ހުޅުވުން ހާއްސަ އިންތިޒާމްތަކެއްގެ ދަށުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ.

މި ލުއިތަކުގެ ސަބަބުން، ކޯވިޑް-19ގެ ހާލަތު ރާއްޖޭގައި ގޯސްވާ ނަމަ، އަލުން ފުރަބަންދަށް ދާން ޖެހިދާނެ ކަމަށް ވެސް ރައީސް ޞާލިޙްގެ ޚިތާބުގައި ފާހަގަ ކުރެއްވި އެވެ. އަދި ލުއިތައް ދިން ނަމަވެސް، މިއީ އާންމު ދިރިއުޅުމަށް ދެވުން ކަމަށް އާންމުން ބަލައިގެން ނުވާނެކަން ވެސް ރައީސް ވަނީ ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން