ކޮވިޑާއި ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން 15000 އަށްވުރެ ގިނަ ލޯނު ދެއްކުން މިހާތަނަށް ފަސްކޮށްދީފައިވާ ކަމަށާއި އޭގެތެރެއިން 13000 އަށްވުރެ ގިނަ ލޯނަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ލޯނުތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.
ވިޔަފާރިތަކަށާއި އެކި އަމިއްލަ ފަރާތްތަކަށް ބޭންކުތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ހަ މަސްދުވަހަށް ފަސްކުރުމަށް ސަރުކާރުން ވަނީ މީގެ ކުރިން ނިންމާފައެވެ. އެ ޕްރޮގްރާމްގެ ދަށުން އެޗްޑީއެފްސީ އާއި އެމްއެފްއެލްސީ އަދި އެސްޑީއެފް.ސީ އާއި ރާއްޖޭގައި ހިންގާ 8 ބޭންކު މިހާރު ބައިވެރިވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިދެންނެވި ތަންތަނުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން މިހާތަނަށް 15000 އަށްވުރެ ގިނަ ލޯނުގެ މުއްދަތު ވަނީ ފަސްކޮށްދީފަ. އޭގެ ތެރެއިން 83 އިންސައްތަ ލޯނަކީ، އާދެ، 13199 ލޯނަކީ ބީއެމްއެލް އިން ދޫކޮށްފައިވާ ލޯނުތައް." ރައީސް ވިދާޅުވިއެވެ.
ބީއެމްއެލް މެދުވެރިކޮށް ސަރުކާރުން ދޫކުރާ ލޯނު ހޯދުމަށް ރިސޯޓްތަކާއި އަމިއްލަ ވިޔަފާރިތަކުން ލިބިފައިވާ ހުށަހެޅުންތަކުގެ ތެރެއިން 157 ހުށަހެޅުމަކަށް ލޯނުދޫކުރަން ނިންމައި، އޭގެ ތެރެއިން 98 ވިޔަފާރިއަކަށް މިހާރު ލޯނު ދޫކޮށްފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
އޭގެ އިތުރުން އެސްޑީއެފްސީ މެދުވެރިކޮށް ސަރުކާރުން ދޫކުރާ ލޯނު ހޯދުމަށް ލިބުނު ހުށަހެޅުންތަކުގެ ތެރެއިން، 396 ވިޔަފާރިއަކަށާއި އަމިއްލަ މަސައްކަތްކުރާ 134 މީހަކަށް ލޯނު ދޫކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކޯވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ މީހުންނަށް ތިން މަސްވަންދެން 5،000 ރުފިޔާ ދިނުމަށް ސަރުކާރުން ވަނީ މީގެ ކުރިން ނިންމާފައެވެ. އެ ފަރާތްތަކަށް ވެސް މިހާރު ފައިސާ ދޫކުުރަން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު