ފުވައްމުލަކު ސިޓީ ބަނދަރު- މާލެސިޓީ ފުރަބަންދުގެ ސަބަބުން މާލޭގައި ތާށިވެފައި ތިބި އެންމެން މިމަހުގެ 24 ގެ ނިޔަލަށް ރަށްރަށަށް ފޮނުވަން މިހާރު ވަނީ ނިންމާފަ
ފުވައްމުލަކު ސިޓީ ބަނދަރު- މާލެސިޓީ ފުރަބަންދުގެ ސަބަބުން މާލޭގައި ތާށިވެފައި ތިބި އެންމެން މިމަހުގެ 24 ގެ ނިޔަލަށް ރަށްރަށަށް ފޮނުވަން މިހާރު ވަނީ ނިންމާފަ
ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދު ފުރަބަންދުކުރުމުގެ ސަބަބުން، މާލޭގައި ތާށިވި މީހުންގެ ތެރޭގައި ހިމެނޭ ރަށްރަށަށް ދާން ޖެހޭ މީހުން، މިމަހު 24ގެ ނިޔަލަށް ފޮނުވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.

މިރޭ ޤައުމާ މުޚާތަބު ކުރަށްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، މާލޭގައި ބަންދުވެފައި ތިބި މީހުންގެ ތެރެއިން، ކޮންމެހެން ރަށަށް ދާންޖެހޭ ކަމަށް ފާހަގަކުރެވެނު 1800 މީހުންގެ ތެރެއިން 1078 މީހަކު ރަށްރަށަށް ގެންދިއުމަށްޓަކައި ކަރަންޓީނަށް ފޮނުވިފައިވާ ކަމަށެވެ. އަދި ބާކީ ތިބި މީހުން، މިމަހު 24 ގެ ނިޔަލަށް ކަރަންޓީނަށް ފޮނުވޭނެ ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ކުރެވޭ ކުޑަކުޑަ ކަމަކުންވެސް ރަށްރަށުގައި ބަލި ފެތުރުމުގެ ފުރުސަތު ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ ސަބަބުން ބައެއް ފަރާތްތަކަށް ތަކްލީފްތަކެއް އުފުއްލަން ޖެހިފައިވާކަން ޤަބޫލުކުރަށްވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ކުރެވޭ ކިތަންމެ ކުޑަ ކަމެއްގެ ސަބަބުން ވިޔަސް، އެއްވެސް ރަށެއްގައި މި ބަލި ފެތުރެން ފަށައިފި ނަމަ، އެ ރަށެއްގައި މި ބައްޔާ ދެކޮޅަށް ކުރަންޖެހޭ މަސައްކަތް މާ ބުރަވާނެ." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެންމެ ދެ ތިން ދުވަހަށް، ތުއްތު ދަރިފުޅު ރަށުގައި ބަހައްޓާފައި ބޭހަށް މާލެ އައިސް، އެތައް ދުވަހެއް ވަންދެން ވެސް މާލޭގައި މީހުން އެބަ ތިބިކަން އެމަނިކްފާނަށް އެނގިވަޑައިގަންނަވާ ކަމަށާއި، ރިސޯޓު މުވައްޒަފުން ކަރަންޓީން ނިމި، އެނބުރި ރަށަށް ދިޔުމަށްޓަކައި މާލެއިން ފުރަން އުޅެނިކޮށް، މާލޭގައި ބަންދުވި ކިތަންމެ ބަޔަކު އެބަތިބިކަންވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުރިހާ ކަމެއް ހަމަޖެހިފައި ތިބި ކިތަންމެ ބަޔަކުވެސް ނުފުރިފައި އެބަތިބިކަން ޤަބޫލު ކުރައްވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންނަށް ދަތިވާ މިފަދަ ކޮންމެ ވަގުތެއްގައި އެހީތެރިވުމަކީ، ސަރުކާރުގެ އެންމެ އިސް ވާޖިބު ކަމަށާއި، ދައުލަތުގެ ކެރި ފޯރުންތެރިކަން ހުރި މިންވަރަކުން، މާތް ﷲގެ ވާގިފުޅާއެކު، ސަރުކާރަށް ވީ އެންމެ ރަނގަޅަކަށް މިކަމުގައި އެހީތެރިވެދޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


9

ރައިޔަތު އަހުމަދު

21-May-2020

ވަރަށް ފުރިހަމަ، ތިކުރައްވާ މަސަތްކަތް ޕުޅަށް ސާބަސް.. ރައީސުންނަކީ ތީ.. ތިމާގެ މިތުރު އެލެކްސް ނުރުހުނަސް ރައިޔަތުންގެ މަންފައަށް އިސްކަންދީގެން ގައުމީ މަސްލަހަތު އިސްކުރާ މީހުން.. އެލެކްސް އެއުޅެނީ އޭނާގެ އަންބޮނޑި ބޮޑުނުވެގެން ހީލަތްތެރިކަމާއި އެކުގައި މީހުންގެ ރުހުން ލިބޭތޯ.. އެކަމަކު މިހާރު އަހރުމެންނަށް ފެނޭ އިނގޭ އޭނާ ކަންކުރާގޮތާޢި ދައްކާ ވާހަކައާއި ދިމާނުވާކަން..



ޓްރެންޑިން