ވެލާނާ އެއަރޕޯރޓްގައި އިމިގްރޭޝަނުގެ ޚިދުމަތް ބަޔަކު ހޯދަނީ
ވެލާނާ އެއަރޕޯރޓްގައި އިމިގްރޭޝަނުގެ ޚިދުމަތް ބަޔަކު ހޯދަނީ
އަންނަ ޖުލައި މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބައިނަލްއަގުވާމީ ދަތުރުތަކަށް ހުޅުވާލާނެކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިރޭ ޤައުމާ މުޚާތަބު ކުރަށްވާ ރައީސް ޞާލިޙް ވިދާޅުވީ، އަންނަ ޖުލައި މަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ހުޅުވާލުމަށް ވިސްނަވަމުންދާ ކަމަށެވެ.

"މި ދެންނެވި ލުއިތަކާ އެކު، ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު އިތުރަށް ގޯސްނުވެ، ރަނގަޅަށް ދާނަމަ، އިރާދަކުރެއްވިއްޔާ އަންނަ ޖުލައި މަހުގެ ތެރޭގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓް، ބައިނަލްއަޤްވާމީ ދަތުރުތަކަށް ހުޅުވާލަން މިހާރު ވަނީ ނިންމާފައި." ރައީސް ޞާލިޙް މިރޭ ޤައުމާ މުޚާތަބު ކުރަށްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ.

ހަމައެއާއެކު ފަތުރުވެރިކަމަށް ރާއްޖެ ހުޅުވާލުމުގެ މަސައްކަތްވެސް ކުރަމުން ގެންދާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، "ރިސޯޓްތައް ހުޅުވުމުގެ ހުއްދަ ދިނުމާއެކު، ފަތުރުވެރިންނަށް އޮން އެރައިވަލް ވިސާގައި ރާއްޖެ އައުމުގެ ފުރުޞަތު ހުޅުވައިލެވޭނެ. މިކަންކަން ކުރާނެ ގޮތުގެ ގައިޑްލައިންތައް، ކަމާ ބެހޭ ދާއިރާތަކުގެ އިރުޝާދާއެކު މިހާރު އަންނަނީ ކަނޑައަޅަމުން." ކަމަށެވެ.

ރައީސް ޞާލިޙް މިފަދައިން ވިދާޅުވެފައިވާއިރު ކޯވިޑް-19 ގެ ސަބަބުން މިހާރު ބަންދުކޮށްފައިވާ ރާއްޖޭގެ ބޯޑަރު ހުޅުވާލަންޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވެސް ވަނީ ވިދާޅުވެފައެވެ.

ކޮމަންވެލްތް އެންޓަޕްރައިޒް އެންޑް އިންވެސްޓްމަންޓް ކައުންސިލުން ބޭއްވި ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޢަލީ ވަހީދު ވިދާޅުވީ މިހާރު މިދާގޮތުން ރާއްޖޭގެ އިގްތިޞާދު ކުރިއަރާނީ "ޔޫ ޝޭޕް" އަކަށް ކަމަށެވެ. އަދި އިގްތިޞާދު ހަމައަކަށް އެޅެން އޮކްޓޫބަރު މަހު ފަށާނެ ކަމަށާއި މިހާރު މަސައްކަތް ކުރައްވަނީ މި އަހަރުގެ ތިން ވަނަ ކުއަރޓަރ ކަމުގައިވާ ޖުލައި މަސް ތެރޭގައި ފަތުރުވެރިކަން ހުޅުވާލުމަށް ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން