ފްރަންޓްލައިންގައި މަސައްކަތް ކުރާ ސިއްހީ ޚިދުމަތްތެރިންގެ ބަޔަކު ހަރަކާތްތެރިވަނީ
ފްރަންޓްލައިންގައި މަސައްކަތް ކުރާ ސިއްހީ ޚިދުމަތްތެރިންގެ ބަޔަކު ހަރަކާތްތެރިވަނީ
ޞިއްޙީ ޚިދުމަތްތެރިންނާއި އެނޫންވެސް ފަރާތްތަކުގެ އާމްދަނީން އެއްވެސް މިންވަރެއް އުނިނުވާނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް އިދިކޮޅު ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.

ސަރުކާރާއި އިދިކޮޅު ޕީޕިއެމް/ޕީއެންސީ ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިތުރުގަޑި ގުނާ ގޮތް ބަދަލުކޮށް ޞިއްޙީ ޚިދުމަތްތެރިންނަށް ލިބޭ އާމްދަނީން ބައެއް އުނިވާ ގޮތަށް އުޞޫލެއް ހެދުމަކީ އެކޯލިޝަނުން ވަރަށް ބޮޑަށް ހިތާމަކުރާ ކަމެއް ކަމަށެވެ. ޞިއްޙީ ޚިދުމަތްތެރިންނަށް ލިބޭ އިތުރުގަޑީ ފައިސާ އުނިވާ ގޮތަށް އިތުރުގަޑީ ފައިސާ ދިނުމުގެ އުޞޫލު ބަދަލުކުރުމުން އެނގެނީ ސަރުކާރުން ޞިއްޙީ ޚިދުމަތްތެރިންގެ މަސައްކަތުގެ އަގުވަޒަންނުކުރާ ކަން ކަމަށް ބަޔާނުގައިވެ އެވެ.

ޒަމާނުއްސުރެ ރަމަޟާން މަހުގައި ރަސްމީ ގަޑި ކަމުގައި ބަލަނީ 4 ގަޑިއިރު ކަމަށް އެ ބަޔާނުގަައި ފާހަގަކޮށްފައިވެ އެވެ. އަދި ޢާންމު އުޞޫލުން ބޭރުން އެއްވެސް މުވައްޒަފެއްގެ ރަސްމީ ގަޑި އިތުރުނުކުރުމަށާއި އިތުރުގަޑީ ފައިސާގެ ގޮތުގައި ލިބޭ މިންވަރު މަދުނުކުރުމަށްވެސް އިދިކޮޅު ކޯލިޝަނުން ސަރުކާރަށް ވަނީ ގޮވާލާފައެވެ. 

މީގެއިތުރުން ކޯވިޑް-19 ނިވާފަތްގަނޑަކަށް ހަދައިގެން ސަރުކާރުން ހިންގާ ވައްކަމާއި ކޮރަޕްޝަން ހުއްޓައިލުމަށާއި އެކަންކަމަށް ފާރަވެރިވާން ޖެހޭ މުއައްސަސާތަކުގެ ދައުރު އަދާކުރުމަށްވެސް އިދިކޮޅު ކޯލިޝަނުން ގޮވާލާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން