ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ނައިބު ރައީސް ފައިސަލް ނަސީމް (ވ.2.1)
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ނައިބު ރައީސް ފައިސަލް ނަސީމް (ވ.2.1)
ރައްޔިތުންގެ މަޖިލީހުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މުސާރަ ކުޑަ ކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަންޖެހޭ ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މުސާރަ 65000 ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ. މުސާރަ ކުޑަކުރުމުގެ ކުރިން ރައީސްގެ އަސާސީ މުސާރައިގެ ގޮތުގައި 100000 ރުފިޔާ ލިބިވަޑައިގަންނަވައެވެ. މި މުސާރައިން 35 އިންސައްތަ އުނިކުރުމުން މިހާރު އެމަނިކުފާނަށް އަސާސީ މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވާނީ 65000 ރުފިޔާއެވެ.

މިކަމާ ގުޅިގެން ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީގެ އެއް ދުވަސް ކުރިން މަޖިލީހުން ސަރުކާރަށް އިންޒާރު ދިނުމަށްފަހު އެގޮތަށް އެކަން ކުރުމުން އެކަމުގައި ޖިނާއީ ނިޔަތް އެކުލެވިގެންވާކަން ސާފުވާ ކަމަށެވެ. އެހެންކަމުން އެ މައްސަލައަކީ އޭސީސީ އިން ބަލަންޖެހޭ މައްސަލައެއް ކަމަށް ހައިލަމް ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމުހޫރިއްޔާގެ ނާއިބުގެ އަސާސީ މުސާރައަކީ 75000 ރުފިޔާ އެވެ. އެމަނިކުފާނުގެ މުސާރައިން 35 އިންސައްތަ އުނިކުރުމުން މިހާރު ލިބިވަޑައިގަންނަވާނީ 48750 ރުފިޔާ އެވެ. ރައީސާ ނާއިބު ރައީސްގެ މުސާރަ މަޖިލީހުން ކުޑަކޮށްފައިވާއިރު އެ ދެބޭފުޅުންގެ މުސާރައަކީ ގާނޫނުގައި ކަނޑައަޅާފައިވާ މުސާރައެކެވެ.

ދައުލަތުގެ އެހެން މުވައްސަސާ ތަކުން އިސްވެރިންގެ މުސާރަ އާއި ޚިލާފަށް ރައީސާއި ރައީސްގެ ނާއިބުގެ މުސާރައަކީ މަޖިލީހުން ފާސްކުރަންޖެހޭ މުސާރައެއް ވެސް ނޫނެވެ. އެހެންކަމުން ރައީސާއި ނާއިބު ރައީސް މުސާރަ ކުޑަކުރަން މަޖިލީހުން ފާސްކުރީ ގާނޫނާއި ޚިލާފަށްކަމަށް ބައެއް ގާނޫނީ ބޭފުޅުން ވިދާޅުވެއެވެ.



ކިޔުންތެރިންގެ ހިޔާލު


-4

ސިޔާދު

21-May-2020

މިހާދަ އަނގަ ބޮޑުވެގެނޭ ދޯ މިއުޅެނީ މީހާ އަށް ވުރެން އަނގަ ބޮނުވެބަލަ



ޓްރެންޑިން