ކުރިއެކޭވެސް އެއްގޮތަށް ކޯވިޑް-19ގެ މިހާލަތުގައިވެސް ސިވިލްސަރވިސް މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދިނުމަށް ނިންމައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިގޮތަށް ނިއްމައިފައިވަނީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުންނާއި އެކި ފަރާތްތަކަށް ދައުލަތުން ދޭ މުސާރަ އާއި ޢިނާޔަތްތަކަށް ބަދަލު ގެނަސް، ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ނިންމާފައިވާ ނިންމުމާއި ގުޅޭގޮތުން އާންމުކޮށްފައިވާ ސަރކިއުލަރއެއްގައެވެ.
ފިނޭންސް މިނިސްޓްރީގެ ސަރކިއުލައިގައިި ބުނެފައިވަނީ ރަމަޟާން މަހަކީ ޚާއްސަ މަސައްކަތު ގަޑިތަކެއް ކަނޑައެޅިފައިވާ މަހަކަށް ވާތީ، ކުރިން އެމިނިސްޓްރީން ނެރެފައިވާ މުސާރަޔާއި އިނާޔަތްތަކާއި ގުޅޭ ސާކިއުލާގެ 6 ވަނަ ނުކުތާއަށް އަމަލުކުރާނީ ރަމަޟާން މަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހަށް ފަހުގައި 8 ޝައްވާލުން ފެށިގެންކަމަށެވެ.
މިއާއިއެކު ޝައްވާލުމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް އިތުރުގަޑީގައި ފައިސާ ކަނޑައެޅުމުގައި އަމަލުކުރާނީ މީގެ ކުރިންވެސް އަމަލުކުރަމުންދިޔަ އުސޫލަށްކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ. އަދި ޝައްވާލު މަހުގެ 8 ވަނަ ދުވަހުން ފެށިގެން އިތުރުގަޑީގެ ފައިސާ ލިބޭނީ ވަޒީފާއައި ބެހޭ ޤާނޫނުގެ 32 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ހަފްތާއަކު 48 ގަޑިއިރުގެ މަސައްކަތްކުރާ މުވައްޒިފުންނަށް އެކަނިކަމަށްވެސް ފިނޭންސް މިނިސްޓްރީގެ ސަރކިއުލާގައި ބުނެފަައިވެއެވެ.
ކޯވިޑްގެ މި ހާލަތުގައި ސަރުކާރުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މުސާރާތައް މިވަގުތަށް ރިވިއުކޮށް އެކި މިންވަރަށް އުނިކުރަން ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ. ޢެގޮތުން ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ރައީސާއި ނައިބު ރައީސާއި މަޖިލީހުގެ މެމްބަރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ ތިން މަހަށް ކުޑަކުރަން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު