ތ ގުރައިދޫގައި ބިދޭސީއެއްގެ ގަޔަށް ވަޅި ހަރާ މަރާލައި އެއްލާލާފައި އޮއްވައި ފެނިއްޖެއެވެ.
ބައެއް މީޑީޔާތަކަށް މައުލޫމާތު ދެމުން ގުރައިދޫ ކައުންސިލުން ބުނީ ބިދޭސީ މީހާގެ ހަށިގަނޑުގެ ދެތިން ތަނަކަށް ވަޅިން ހަމަލާދީފައިވާ ކަމަށާއި، އޭނާ އެއްލާލާފައި އޮއްވައި ފެނުނީވެސް މަސައްކަތް ކުރަމުންދިޔަ ސައިޓުގެ ކުރިމަތީގައި އޮންނަ ސަރަހައްދުން ކަމަށެވެ.
ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި އޭނާ ފެނިގެން ފުލުހުންނަށް ރިޕޯޓް ކުރީވެސް އެރަށުގައި މަސައްކަތް ކުރާ ބިދޭސީއެއްކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.
އެމީހާ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށާއި، އޭނާ މިވަގުތު އޮތީ ގުރައިދޫ ސިއްހީ މަރުކަޒުގައިކަމަށް ކައުންސިލުން ބުނެއެވެ. ބިދޭސީ މީހާ މަރާލި ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ފުލުހުން ބުނީ ތ. ގުރައިދޫގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި މާރާމާރީއެއް ހިންގާފައިވާ ކަމަށާއި، އެ މާރާމާރީގައި ތޫނު އެއްޗަކުން ބިދޭސީއަކަށް ހަމަލާދީފައިވާ ކަމަށެވެ.
މިރޭ 01:00 އެހާކަންހާއިރު ހިނގި މި ހާދިސާގައި ޒަހަމްވި ބިދޭސީ މީހާ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. އަދި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރިއަށްދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު