ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އިސް ބައެއް ފަރާތްތަކާއި ބައްދަލުކުރައްވައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީ އިން ބުނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި މިނިސްޓަރު އަލީ ވަހީދު ބައްދަލުކުރެއްވީ ވީޑީއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށެވެ.
މިބައްދަލުކުރެއްވުމުގައި މޯލްޑިވިސް ސޭފް ޓޫރިޒަމް ގައިޑްލައިނާއި ބެހޭގޮތުން ފުޅާ ދާއިރާ އެއްގައި މަޝްވަރާ ކުރައްވައި އެފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް މިނިސްޓަރާއި ހިއްސާކުރެއްވި ކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދެއެވެ.
"މޯލްޑިވިސް ސޭފް ޓޫރިޒަމް ގައިޑްލައިން" އަށް މަޓާޓޯ އާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި އެގައިޑްލައިންގައި މިހާރު ހުރި ހަރުކަށި އުސޫލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ހީނުކުރާވަރުގެ ބޮޑު ގެއްލުންތަކެއް ލިބިގެންދާނެތީ އެ ގައިޑްލައިންގެ އުސޫލުތައް ބަދަލުކުރުމަށް ގިނަބަޔަކު އަންނަނީ ސަރުކާރަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު