ހެލްތު މިނިސްޓަަރ އަބްދުﷲ އަމީން
ހެލްތު މިނިސްޓަަރ އަބްދުﷲ އަމީން
މާލޭގެ ލޮކްޑައުން އުވާލިޔަސް، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ އިތުރު ކުރަން ޖެހިދާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން މާލޭ ސަރަަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުން އަށް ދޫދޭން ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މައިގަނޑު ބޭނުމަކީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ލޮކްޑައުން ކުރުމާއި، ކަރަންޓީނު ކުރުމުގެ އިތުރުން އައިސޮލޭޓް ކުރުމަށް ހާއްސަ ގާނޫނީ ބާރުތަކެއް ހޯދުން ކަމަށެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތުމަކީ ފަސޭހައިން ފަރުވާގެ ކަންކަން އިންތިޒާމް ކުރުމާއި، ކަރަންޓީނުގެ ކަންތައް އިންތިޒާމް ކުރުމުގެ އިތުރުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މެދުވެރިވެގެން އާއްމު ސިއްހަތު ރައްކާތެރި ކުރުމަށްޓަކައި ކުރަން ޖެހޭ ކަންތައްތަކަށް މަގުފަހިވެގެން ދާނެ ކަމަކަށްވާއިރު، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.



"އަޅުގަނޑަށް ގަބޫލްކުރެވޭ ގޮތުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރުމަކީ އެންމެ އެކަށީގެންވާ ކަމެއް. އެހެން ނަމަވެސް އަދި ކަނޑައެޅިގެން ނިންމީކީ ނޫން." ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

ހެލްތް މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ހަމަވާނީ މި މަހުގެ 31 ށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން