ޝައިޚް ޢަލީ ޒައިދު
ޝައިޚް ޢަލީ ޒައިދު
ކޯވިޑް-19 ގެ ނުރައްކާ މިވަގުތު ނެތް ރަށްތަކުގެ މިސްކިތްތައް ހުޅުވާލުމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ގޮވާލައްވައިފިއެވެ.

މާލޭގައި މިހާރު އިޢުލާނު ކޮށްފައިވާ ފުރަބަންދު ނިމުމުން ރައްޔިތުން ބޭރަށް ނުކުމެ އުޅުމަށާއި، މިސްކިތްތަކާއި، ހޮޓާތަކާއި، ސްކޫލްތައް ހުޅުވުމުގެ ވިސްނުން ގެންގުޅޭ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ޝައިޚް ޢަލީ ޒައިދް ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވަނީ ޢާއްމު ޙާލަތުގައި މިވަގުތު ހުރި ރަށްތަކުގެ މިސްކިތްތައް ހުޅުވާލުމަށް އެޗްޕީއޭގެ ޑޮކްޓަރުންގެ އަރިހުން އެދިވަޑައިގެންފައެވެ.

"މިއޮތީ ދ. ކުޑަހުވަދޫ މަގުމަތި. ހަމަ ނޯމަލްކޮށް އެންމެން އެއްވެ އުޅެނީ. މިގޮތަށް އާއްމު ޙާލަތުގައި ރަށްރަށް ހުރިއިރު މިސްކިތްތައް ބަންދުކޮށްފައި ބެހެއްޓިގެން ވާނެ ކަމަށް އަޅުގަނޑަށް ޤަބޫލުކުރަން ވަރަށް ދަތި."

ދ. ކުޑަހުވަދޫގެ މަގުތަކުގައި އާއްމުން ޙަރަކާތްތެރިވާ ފޮޓޯތަކާއެކު ޝައިޙް ކުރައްވާފައިވާ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ. ޝައިޙް ޒައިދު އިތުރަށް ވިދާޅުވީ، މިގޮތަށް ހުރި ރަށްރަށުގެ މިސްކިތްތައް ވަގުތުން ހުޅުވަން ޖެހޭ ކަމަށް ޤަބޫލު ކުރަށްވާކަމަށެވެ.

އިއްޔެ ޤައުމާ މުޚާތަބު ކުރަށްވައި ރައީސް ޞާލިޙް ވެސް ވަނީ، ކޯވިޑް-19ގެ އަސަރު ކޮށްފައިނުވާ ރަށްރަށުގެ މިސްކިތްތައް ވަރަށް އަވަހަށް ހުޅުވާލައްވާނެކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން