މިއަދަކީ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ 61 ވަނަ އުފަންދުވަހެވެ. ފެހި ޤާނޫނު އަސާސީގެ ދަށުން މިހާތަނަށް ދައުރެއް ފުރިހަމަ ކުރެއްވި ހަމަ އެކަނި ރައީސަކީ ރައީސް ޔާމީނެވެ. އެމަނިކުފާން ވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާއި ހަމައަށް ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމް އަދާކުރައްވާފައެވެ.
ރައީސް އަބްދުﷲ ޔާމީނަކީ ރާއްޖޭގައި ދިގު 30 އަހަރު ވެރިކަން ކުރެއްވި އަލްއުސްތާޛް މައުމޫން ޢަބްދުލް ގައްޔޫމުގެ އެއްބަފާ ކޮއްކޯފުޅެކެވެ. ރައީސް ޔާމީން ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ ރައީސް މައުމޫންގެ ވެރިކަމުގައެވެ. އެގޮތުން އެސްޓީއޯއާއި، ޓްރޭޑް މިނިސްޓްރީ ހިންގެވުމުގައި ރައީސް ޔާމީން ވަނީ ޙަރަކާތްތެރިވެ ވަޑައިގެންފައެވެ. އެއަށްފަހު ނ. އަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި، މުލަކު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި އެމަނިކުފާނު ވަނީ ފުރުއްވާފައެވެ.
މިއަދު ފާހަގަ ކުރަމުންދާ ބައްޕާފުޅުގެ 61 ވަނަ އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން، ރައީސް ޔާމީންގެ ދޮށީ ދަރިކަލުން ޒެއިން ޢަބްދުﷲ ޔާމީން ވަނީ ފޭސްބުކްގައި އަސަރުގަދަ މެސެޖެއް ލިޔުއްވާފައެވެ.
"އުފާވެރި އުފަންދުވަހަކަށް އެދެމެވެ. އަހަރެންގެ ދުޢާގައި އަބަދުވެސް މަންމައާއި ބައްޕަގެ ނަން ޝާމިލުވެއެވެ. ދުޢާއަކީ ބައްޕައަށް ﷲ ސުބްޙާނަހޫވަތަޢާލާގެ ފާފަފުއްސެވުމާއި ރުއްސެވުން މިންވަރުކުރެއްވުމެވެ. އަދި ރަނގަޅު ސިއްޙަތުގައި މަންމައާއި ބައްޕަ ލެހެއްޓެވުމެވެ. ބައްޕަ މަތިން ވަރަށް ހަނދާންވެއެވެ. މުޅި ރާއްޖެ ބައްޕަގެ ފަންވަރާއި ކެރުމުގެ މަތިން ވަރަށް ހަނދާންވެއެވެ. ބައްޕަގެ ސުލްހަވެރިކަމާއި، އުސޫލުތަކާއި، ކަންކަމަށް ބަހައްޓަވާ ކެތްތެރިކަމާއި ހިތްނުތަނަސްވާ ވަގުތުގައިވެސް ހިލްމު އިސްކުރައްވާތީވެ، އަހަރެންގެ ކޮންމެ ކަމެއްގައިވެސް އިރުޝާދަށް އެދެނީ ބައްޕަގެ ކިބައިންނެވެ. އަވަސް މުސްތަޤްބަލެއްގައި ބައްޕަ ގެޔަށް އަންނާނެ ދުވަހެއްގެ އިންތިޒާރު ކުރަމެވެ."
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޙުކުމެއް ތަންފީޒު ކުރުމަށް ރައީސް ޔާމީން މިވަގުތު އޮންނެވީ މާފުށީ ޖަލުގައެވެ. މިއީ އާއިލާއާއި ދުރުގައި ގިނިކަންޏާ އޮންނަވައިގެން ފާހަގަކުރައްވާ ފުރަތަމަ އުފަންދުވަހެވެ.
އަބަދުވެސް ރާއްޖޭގެ ބައެއް މަޝްހޫރު ވިޔަފާރިވެރިންނާއެކު އުޅުއްވި ނަމަވެސް ރައީސް ޔާމީން ދުވަހަކުވެސް ވިޔަފާރިއެއް ކުރަށްވައި އުޅުއްވާތީއެއް ފެނިފައެއް ނުވެއެވެ. އެމަނިކުފާނު ރާއްޖޭގެ ސިޔާސީ މަޝްރަހުން މަޝްހޫރުވެ މީހުންނަށް އެނގެމުން އައި ދުވަސްވަރު އެންމެ އަރިސްކޮށް އުޅުއްވާތަން ފެނިފައިވާ ވިޔަފާރިވެރިންގެ ތެރޭގައި މަޝްހޫރު ޗެއަރމަން ޢަބްދުﷲ ޖާބިރާއި، ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަޙްމަދު ނާޒިމާއި ޖައުޒާ ޖައުފަރާއި، ރައީސް ޔާމީންގެ ސަރުކާރުގެ ފަހު ދުވަސްކޮޅު ފަތުރުވެރިކަމުގެ ވުޒާރާގައި ވަޒީރުކަން ކުރެއްވި މޫސާ ޒަމީރު ހިމެނިވަޑައިގަންނަވައެވެ.
ރައީސް ޔާމީންގެ ވެރިކަން ނިމިގެން ދިޔައިރު އެމަނިކުފާނުގެ މިދެންނެވި ގިނަ އެކުވެރިންގެ އިތުރުން އާއިލީ ގިނަ ބޭފުޅުންވެސް ވެފައިވަނީ އެމަނިކުފާނުގެ ހަތުރުންނަށެވެ. އެގޮތުން ވެރިކަން ނިމިގެން ދިޔައިރު އެއްބަފާ ބޭބޭފުޅު، ރައީސް މައުމޫނާއި ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ފާރިޝް މައުމޫނުވެސް ހުންނެވީ ޖަލުގައެވެ.
ރާއްޖޭގެ ސިޔާސީ ހުރިހާ ފަރާތްތަކާ ދެކޮޅަށް ރިޔާސީ އިންތިޚާބުގައި ގިނިކަންޏާ ނުކުމެވަޑައިގެން، ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބަށްފަހު އިންތިޚާބުގެ ނަތީޖާ ޤަބޫލު ކުރުމަށްވެސް ރައީސް ޔާމީން ދެކޮޅު ހެއްދެވިއެވެ. އަދި މި ސަރުކާރު ވެރިކަމަށް އައިސް ރައީސް ޔާމީންގެ މައްޗަށް ކުރެވުނު ވައްކަމުގެ ބޮޑެތި ތުހުމަތުތަކަށް ފަހު، މަނީ ލޯންޑަރިންގެ ދަޢުވާ ސާބިތުވެ މިހާރު އެ އޮންނެވީ ޖަލުގައެވެ. އިދިކޮޅު ފަރާތްތަކުން ދަނީ އެމަނިކުފާނުގެ އާއިލާ ކައިރިޔަށް ގެޔަށް ބަދަލުކޮށްދެއްވުމަށް ގޮވާލަމުންނެވެ. ނުވަތަ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލަމުންނެވެ.
ވަކި އަތަކަށް ބުރަ ނުވާ ގިނަ ރައްޔިތުން ރައީސް ޔާމިން ސިފަކުރައްވަނީ ވައްކަމާއި ޚިޔާނާތާއި އަނިޔާވެރިކަމާއެކު ތަރައްގީ ގެނަސްދެއްވި ބޭފުޅެއްގެ ގޮތުގައެވެ.
ރައީސް ޔާމީންގެ އުފަންދުވަހުގެ މުނާސަބަތުގައި އެމަނިކުފާނުގެ ސަޕޯޓަރުންނާއި ހެޔޮ އެދޭ ފަރާތްތަކުން ދަނީ އުފަން ދުވަހުގެ ތަހުނިޔާ އަރިސްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު