މާލެސިިިިިޓީ ލޮކްޑައުންގައި؛ ކޯވިޑް-19 ގެ ސަބަބުން ހުރިހާ އިގުތިސާދީ ހަރަކާތްތަކެއް ވަނީ ހުއްޓިފައި (ރަސް ފޮޓޯ- ޝާހް)
މާލެސިިިިިޓީ ލޮކްޑައުންގައި؛ ކޯވިޑް-19 ގެ ސަބަބުން ހުރިހާ އިގުތިސާދީ ހަރަކާތްތަކެއް ވަނީ ހުއްޓިފައި (ރަސް ފޮޓޯ- ޝާހް)
ކޯވިޑް-19އާއި ގުޅިގެން ޖަޕާން ސަރުކާރުން ޔޫ.އެން.ޑީ.ޕީ މެދުވެރިކޮށް ރާއްޖެއަށް 21 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފިއެވެ.

މިއީ މިހާރު ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، އޭގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ފޯރުކޮށްދިން އެހީއެކެވެ.

ޖަޕާނުން މިއަދު ދީފައިވަނީ 21،740،400 (އެކާވީސް މިލިއަން ހަތްލައްކަ ސާޅީސް ހާސް ހަތަރު ސަތޭކަ) ދިވެހި ރުފިޔާގެ އެހީއެކެވެ. މިހާރު އިއުލާންކޮށްފައިވާ ފުރަބަންދުގެ ޙާލަތަށް ނިމުމެއް އައިސް، އިގްތިސާދު އަލުން ހުޅުވޭއިރު، މިއެހީގެ ސަބަބުން ސަރުކާރަށާއި، ވިޔަފާރިތަކަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި އިގްތިޞާދީ ދާއިރާ ފުޅާކޮށް، އައު ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލުމަށް ކުރެވޭ މަސައްކަތަށްވެސް މިއެހީގެ ސަބަބުން އިތުރު ބާރެއް ލިބިގެންދާނެއެވެ.

ދިވެހި ސަރުކާރުން ވަނީ ރާއްޖެއަށް މިއެހީ ފޯރުކޮށްދިނުމަށް ޔޫ.އެން.ޑީ.ޕީއިން ކުރި މަސައްކަތަށާއި، ހިލޭ އެހީގެ ގޮތުގައި މިފައިސާ ހަމަޖައްސައިދިން ކަމަށްޓަކައި ޖަޕާން ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ.

ޖަޕާނަކީ ރާއްޖެއާއި ވަރަށް އެކުވެރި، ރާއްޖޭގެ ތަރައްގީގެ ބައިވެރިއެކެވެ. އަދި ކޯވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ޖަޕާނުގެ އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން މިހާރުވެސް ޖަޕާން ސަރުކާރާއެކު ރާއްޖެއިން ދަނީ މަޝްވަރާކުރެވެމުންނެވެ.

މިމަހުގެ ކުރީކޮޅުވެސް ޖަޕާން ސަރުކާރުން ވަނީ ޔުނިސެފް މެދުވެރިކޮށް 5،346،600 ރުފިޔާ އަދި ރެޑް ކްރެސެންޓް މެދުވެރިކޮށް 2،775،000 ރުފިޔާގެ ހިލޭ އެހީވެސް ރާއްޖެއަށް ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން