ރައީސް ޔާމީން އަބްދުލް ޤައްޔޫމުގެ 61 ވަނަ އުފަންދުވަހުގެ ހެޔޮ އެދުންތައް ގިނަ ބަޔަކު އަރިސްކުރަމުން އަންނައިރު، އެމަނިކުފާނުގެ ލީޑަރޝިޕް ކޮލިޓީގެ ވާހަކަވެސް އެމަނިކުފާނުގެ އަރިސް ބޭފުޅުން މީޑިއާގައި މިއަދު ގެންދަވަނީ ހާމަކުރަށްވަމުންނެވެ.
މިގޮތުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން މަސައްކަތްޕުޅު ކުރެއްވުމުގައި ގެންގުޅުއްވާ އުސޫލުތަކާއި، ހަމަތައް، އަދި ނިންމެވުންތައް ނިންމަވާގޮތް އެމަނިކުފާނުގެ ވެރިކަމުގައި މުލީއާގޭގެ ޗީފް އޮފް ސްޓާފްގެ ގޮތުގައި ހުންނެވި އަހްމަދު މުސްތަފާ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައިވަނީ ހިއްސާ ކުރައްވާފައެވެ.
ރައީސް ޔާމީންގެ އަތުލިޔުމުން، "ވެރީ ނައިސް، ޕްލީސް ގޯ އެހެޑް" މިހެން ލިޔުއްވާފައިވާ ލިޔުމެއް އާއްމު ކުރައްވާ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި މުސްތަފާ ވިދާޅުވީ، އޭނާ 20 އަހަރަށް ވުރެ ގިނަ ދުވަހު ރައީސް ޔާމީނާއި އެކު މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.
"އަޅުގަނޑު ދުވަހަކު ވެސް ނުދެކެން ބައްދަލުވުންތަކުގައި ރައީސް ޔާމީން އެއްވެސް އެއްޗެއް ނޯޓް ކުރައްވާތަނެއް. އެމަނިކުފާނުގެ މޭޒުކޮޅު މަތިން ކަރުދާހެއް، އަދި ކޮމްޕިއުޓަރެއް ނުވަތަ ލެޕްޓޮޕެއް ވެސް ނުދެކެން." މުސްތަފާ ވިދާޅުވިއެވެ.
މުސްތަފާ ވިދާޅުވީ ރައީސް ޔާމީނަކީ ރަސްމީ ކަމެއްގައި ވެސް އަދި ނުރަސްމީ ކަމެއްގައި ވެސް އީމެއިލް ބޭނުން ކުރައްވާ ބޭފުޅެއް ނޫނެވެ. މީގެ އިތުރުން އެމަނިކުފާނު މީސް މީޑިއާގެ އެކައުންޓެއް ވެސް ބޭނުން ނުކުރައްވާ ކަމަށް މުސްތަފާ ވިދާޅުވިއެވެ.
"ނަމަވެސް ހުރިހާ ކަމެއްގެ އެންމެ ފަހުގެ މައުލޫމާތު އެމަނިކުފާނު ހޯއްދަވައެވެ. މީހަކާއި ހަވާލުކޮށްފައި އޮތް މަސައްކަތެއް ގޮސްފައި އޮތް ހިސާބެއް ގުޅުއްވާފައި އައްސަވާނެއެވެ. ކޮންމެ ދުވަހަކު އެމަނިކުފާނު ނިންމަވަން ޖެހޭ ހުރިހާ ނިންމެވުމެއް 01:50 ވުމުގެ ކުރިން ނިންމަވާނެއެވެ."
މުސްތަފާ ވިދާޅުވީ ރައީސް ޔާމީނަށް ގިނަ ކަންކަން ހާސިލް ކުރެވުނީ އެމަނިކުފާނު ގެންގުޅުއްވާ އުސޫލުތަކުގެ ސަބަބުން ކަމަށެވެ. "މުވައްޒަފުން އެމަނިކުފާނުގެ މޭޒުކޮޅު މައްޗަށް ގެންދަވާ ލިޔުއްވުންތައް ބައްލަވާ ވަގުތުން ނަންގަވަން ޖެހޭ ޑިޒިޝަން ނަންގަވާނެ ލިޔުންތައް އެމަނިކުފާނުގެ އަތްޕުޅަށް އެރުވުމުން ރަތް ގަލަމަކުން އެމަނިކުފާނުގެ ޚިޔާލުފުޅު އެކަރުދާހެއްގައި ލިޔުއްވައި މިކަންކަން ރައީސް ޔާމީންގެ ވަޒީރުންނަށާއި، އެމަނިކުފާނުގެ ސެކެޓްރީންނަށް އެނގިވަޑައިގަންނަވާނެ." މުސްތަފާ ވިދާޅުވިއެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ މިވަގުތު ޖަލު ޙުކުމެއް ތަންފީޒު ކުރަށްވަމުން ގެންދަވާ ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއަށް އިޤްތިޞާދީ ގޮތުން ބޮޑެތި ކުރިއެރުންތައް ހޯއްދަވައިދެއްވައި، ޢުމްރާނީ ގޮތުން ބޮޑެތި ބަދަލުތަކެއް ރާއްޖޭގެ ކަންކޮޅުތަކަށް ވަނީ ގެނެސްދީފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބިނާ އަކީ މާލެ އާއި ހުޅުމާލެއާ ދެމެދު ޤާއިމްކޮށްފައިވާ ސިނަމާލެ ބްރިޖެވެ.

ކިޔުންތެރިންގެ ހިޔާލު