ފްރަންޓްލައިންގައި މަސައްކަތް ކުރާ ބަޔަކު ހަރަކާތްތެރިވަނީ
ފްރަންޓްލައިންގައި މަސައްކަތް ކުރާ ބަޔަކު ހަރަކާތްތެރިވަނީ
މިއަދުވެސް ރާއްޖެއިން 30 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި މިއަދު ކޯވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވް ވެފައި ވަނީ އިންޑިއާގެ ހަ މީހަކާއި ބަންގްލާދޭޝްގެ 10 މީހަކާއި 14 ދިވެއްސެކެވެ.

އަލަށް ޕޮޒިޓިވް ވި 30 މީހުންނާއެކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 1216 އަށް އަރާފައެވެ. މިއަދާ ހަމައަށް 91 މީހަކު ބަަލީން ރަނގަޅުވެފައި ވާއިރު، ހަތަރު މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ރައްކާތެރި ކަމުގެ ބޮޑެތި ފިޔަވަޅުތަައް އަޅާފައިވާއިރު މިދިއަ މަހު މާލެއިން ބަލީގެ މީހަކު ފެނުނު ފަހުން ކޮންމެ ދުވަހަކު ވެސް ކޮންމެވެސް އަދަދަކަށް ބަލީގެ ކޭސްތައް ފެންނަމުންދާކަން ފާހަގަ ކޮށްލެވެއެވެ.

ނަމަވެސް ސަރުކާރުން މިހާރު ނިންމާފައި ވަނީ ފިޔަވަހި ތަކެއްގެ ތެރެއިން ފިޔަވަޅުތައް ލުއި ކުރަން ފަށައި ރާއްޖެ އަލުން ހުޅުވާލުމާއެކު އާންމު ހާލަތަށް ދިއުމަށެވެ. ނަމަވެސް މި އާންމު ހާލަތަކީ ނިއު ނީމަލް ގެ އުސޫލުތަކާއެކު ދިރިއުޅުން ބައްޓަން ކުރަންޖެހޭ ހާލަތެއްކަމުގައި ސަރުކާރުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން