އައްޑޫސިޓީ ފޭދޫ މަސްޖިދުލް އަމާނީއަށް ބޮޑުކަމުދިޔަ މީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 47 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ފަތިހުގެ ވަގުތެއްގައި އައްޑޫސިޓީ ފޭދޫގެ މަސްޖިދުލް އަމާނީ އާއި މަސްޖިދުލް ނަޞްރިއަށް ވަދެ ބަޔަކު އެތަންތަނުގެ ޙުރުމަތް ވަނީ ކަނޑާފައެވެ. އެގޮތުން މިސްކިތް ތެރެއަށް ބޮޑުކަމު ގޮސް، މިސްކިތުގައި ހުރި ޚަތިމްތައް ވަނީ އުކާލާފައެވެ.

މި މުޑުދާރު ޢަމަލު ހިންގި މީހުން ބޮޑުކަމުގޮސްފައި ހުރީ މިސްކިތުގެ އިމާމް ނަމާދު ކުރަން ހާއްސަ ތަނަށެވެ. ބޮޑު ކަމު ދިއުމަށް ފަހު، ނަޖިސް މަތީގައި ވަނީ މުސައްލަ ބާއްވާފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މިޢަމަލު ހިންގި މީހުންގެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބައްލަވައި ދެއްވުމަށް އައްޑޫ ޕޮލިސް ސްޓޭޝަނަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ. އަދި މިފަދަ ޢަމަލުތައް ތަކުރާރު ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު