ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލް ޤައްޔޫމް
ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލް ޤައްޔޫމް
ކުރީގެ ރައީސުންނަށް ދެމުން އަންނަ އިނާޔަތްތައް މުރާޖައާ ކުރަން އެދި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސިޓީއަށް ތާއީދު ކުރައްވާ ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައެވެ. އެ ސިޓީގައި ވިދާޅުވެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ދިމާވެފައިވާ ދަތިކަން ރާއްޖޭގެ އިގްތިސާދަށްވެސް ކުރިމަތިވެފައިވާ ކަމަށާއި، ގިނަ ބައެއްގެ ވަޒީފާ ގެއްލި އެތައް ބައެއް އާމްދަނީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތް ނުކުރެވުމުގެ ސަބަބުން އެތައް ދަތިތަކަކާއި ކުރިމަތިވެފައިވާ ކަމަށެވެ.

މިފަދަ ދަނޑިވަޅެއްގައި ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށްވެސް މަޖުބޫރުވެފައިވާ ކަން ފާހަގަކުރަށްވައި ރައީސް މައުމޫން ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ އެ ސީޓީގައި އެދިފައިވާގޮތަށް ކުރީގެ ރައީސުންގެ މުސާރަ މުރާޖާ ކުރުން މުހިންމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވީ، ކުރީގެ ރައީސުންގެ މުސާރަ ކުޑަ ކުރުމަށް ތާއީދު ކުރައްވާ ކަމަށެވެ.

ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމާ ބެހޭ ގާނޫނުގެ ދަށުން، ކުރީގެ ރައީސުންނަށް ކޮންމެ މަހަކު ޚާއްސަ އިނާޔަތާއި ރާއްޖެ އާއި ރާއްޖެ އިން ބޭރުން ސިއްހީ ޚިދުމަތްތައް ދައުލަތުގެ ޚަރަދުގައި ދިނުމުގެ އިތުރުން ދަތުރުފަތުރާއި ސެކިއުރިޓީ ފޯރުކޮށްދޭން ޖެހެ އެވެ.

އެ ގާނޫނުގެ ދަށުން އެއް ދައުރު ރައީސް ކަން ކޮށްފައިވާ ފަރާތަކަށް ކޮންމެ މަހަކު 50،000 ރުފިޔާ ދޭން ޖެހެ އެވެ. އެއް ދައުރަށް ވުރެ ގިނަ ދުވަސް ވަންދެން ރައީސްކަން ކުރައްވާފައިވާނަމަ 75،000 ރުފިޔާ ދޭން އޮވެއެވެ. މީގެ އިތުރުން، ދިރިއުޅޭ ތަނުގެ ހަރަދަށް ކޮންމެ މަހަކު 50،000 ރުފިޔާ ދޭން ޖެހެ އެވެ. މުޖްތަމައުއަށް ފައިިދާ ހުރި މަސައްކަތެއް ކުރީގެ ރައީސަކު ކުރައްވާ ނަމަ، އެ ކަމަށް އޮފީސް ހިންގުމުގެ ހަރަދަށް މަހަކު ގިނަވެގެން 175،000 ރުފިޔާ އާ ހަމައަށް އެ ގާނޫނުގެ ދަށުން ޚަރަދު ލިބިވަޑައިގަންނަވާނެ އެވެ.

ކުރީގެ ރައީސުންގެ މުސާރަ މުރާޖަޢާ ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާއިރު ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ރައީސާއި ނައިބު ރައީސް، ވަޒީރުންނާއި، މަޖިލީހުގެ މެމްބަރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަތައް ވަނީ ކުޑަކޮށްފަ އެވެ. ދައުލަތުން މުސާރަ ދޭ މަގާމުތަކުގެ ތެރެއިން 20000 ރުފިޔާ އަށް ވުރެ ބޮޑު މުސާރަ ލިބޭ މަގާމުތަކުގެ މުސާރަ ވެސް ވަނީ ކުޑަކޮށްފަ އެވެ.

ކުރީގެ ރައީސުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، މަޖިލީހުގެ މިހާރުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.



ކިޔުންތެރިންގެ ހިޔާލު


2

ފިރުޝާން

22-May-2020

ސާބަސް މައުމޫނު.. ތީ ގައުމުދެކެލޯބިވާ މީހުންނަކީ.. މަޖިލީހުގަިއ މިތިބީ ލޭބޯ އާލާތްތަކެއް.. ދިވެހީންގެ ލޭބޮނީ މުސާރައިގެ ނަމުގައި.. މަހެއްގެ މުސާރަ 80 ހާހުގެރޭޓްުން = 6,640,000 ހަ މިލިޔަން ހަސަތޭކަސާޅީސް ހާސް މަހެއްގެ ކޮމިޓީ އެލަވަންސް 20 ހާހުގެރޭޓްުން = 1,660,000 އެއް މިލިޔަން ހަސަތޭކަ ފަސްދޮޅަސް ހާސް މަހެއްގެ ކެއުމުގެ ޚަރަދު ދުވާލަކު 750 ބޮލަކަށް = 1,867,500 އެއް މިލިޔަން އަށްސަތޭކަ ފަސްދޮޅަސް ހަތްހާސް ފައްސަތޭކާ ޖުމުލަ ބޭކާރު ޚަރަދު : 122,010,000 ސަތޭކަ ބާވީސް މިލިޔަން އަހަރަކު އެބަހިނގާ.. 30,000 އަށް މުސާރަ ކުޑަކޮށް ކޮއްތު ކަނޑާލުމުން 92 މިލިޔަން ދައުލަތަށް ސޭވުކުރެވޭ..



ޓްރެންޑިން