ކޮންޑަކްޓަޑް އިލެކްޓްރިކަލް ވެޕަން ނުވަތަ ޓޭޒަރ ގަން
ކޮންޑަކްޓަޑް އިލެކްޓްރިކަލް ވެޕަން ނުވަތަ ޓޭޒަރ ގަން
 ފުލުހުންގެ މަސައްކަތުގައި ކޮންޑަކްޓަޑް އިލެކްޓްރިކަލް ވެޕަން ނުވަތަ ޓޭޒަރ ގަން ބޭނުން ކުރުމަށް ނިންމާފައި ވާތީ، ރައްޔިތުންގެ މަޖިލީހަށް އެމައްސަލަ ހުށަހަޅައިފި އެވެ.

މިމައްސަލަ މަޖިލީހަށް ހުށައެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އެޑްރެސްކުރައްވައި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ، ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވީ ދިވެހި ފުލުުހުން މީގެކުރިން ޢާންމުކޮށް ބޭނުންކޮށްފައި ނުވާ، ހަތިޔާރެއް ކަމަށްވާ، ކޮންޑަކްޓަޑް އިލެކްޓްރިކަލް ވެޕަން ނުވަތަ ޓޭޒަރ ގަން ބޭނުންކުރުމަށްޓަކައި، އެ ހަތިޔާރު ފޯރުކޮށްދިނުމުގެ ތައްޔާރީތައް ވަމުންދާކަމަށް ފުލުހުންގެ މުއައްސަސާއިން ހާމަކޮށްފައިވާ ކަމަށެވެ.

އެ ހަތިޔާރު ފުލުހުންނަށް ފޯރުކޮށްދެވެނީ، ޢާންމުންނަށާއި އަދި ފުލުހުންނަށް ވެސް ކުރިމަތިވެދާނެ އަނިޔާވެރި ޢަމަލަކުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށް ފުލުހުން ހާމަކޮށްފައިވާ ކަމަށް އިމްތިޔާޒް ފަހުމީ ވިދާޅުވެފައިވެއެވެ.

އެގޮތުން، މި ހަތިޔާރު ފުލުހުންނަށް ދޫކުރުމަށް ހުއްދަ ކުރެވުނީ ކޮން އުޞޫލަކުންތޯއާއި، އަދި ސިޗުއޭޝަން ކޮންޓްރޯލްކުރުމަށް މިހާތަނަށް ފުލުހުންނަށް ކުރިމަތިވީ ކިހާވަރެއްގެ ގޮންޖެހުންތަކަކާއި ނުރައްކަލުގެ މައްޗަށް ރިޢާޔަތް ކުރެވިގެންތޯ ބަލަން ޖެހޭ ކަމަށް އިމްތިޔާޒު މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން، ފުލުހުން މި ހަތިޔާރުގެ ބޭނުން ނަހަމަގޮތުގައި ނުހިފާނެ ކަމުގެ ކިހާވަރެއްގެ ޔަޤީންކަމެއް އޮވެގެންތޯއާއި ރައްޔިތުންނަށް އެކަން ޔަޤީންކޮށް ދެވޭނެ ކިހާ އިތުބާރު ހިފޭ ނިޒާމެއް ފުލުހުންގެ ތެރޭގައި އޮވެގެންތޯ ބައްލަވާ ދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތި ޚިދުމަތްތަކާ ބެހޭ ކޮމެޓީއަށް މި މައްސަލަ ހުށަހަޅުއްވައި ދެއްވުމަށް މެންބަރު އިމްތިޔާޒު ފަހުމީ މަޖިލީހަށް ފޮނުއްވި ސިޓީގައި އެދި ވަޑައިގެންފައިވެއެވެ.

މިފަދަ ހަތިޔާރެއް ފުލުހުންނަށް ފޯރުކޮށްދިނުމާ ގުޅިގެން ޝޯޝަލް މީޑިޔާގައި ބައެއް އާންމުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


4

ޙަސަން ސޮބްރީ

22-May-2020

ވަރި/ކަިވެނީގެ ކަންތައްވެސް ދެން ހުށަހަޅަންވީ މަޖިލިހަހް.


0

ޢަހްމަދު

22-May-2020

ޢެމް.ޑީ.ޕީގެ ވިސްނުން އެހެރަ ހާމަވަނީ. ފުލުހުން ގައިގަތަޅާ މެރިޔަސް ހެޔޮ އެކަމު ކުއްވެރިޔާ ހިފެހެއްޓުން ގޯސް. ގާނޫނަށް މި އިސްލާހު ހުށަހަޅާބަލަ އެމް.ޑީ.ޕީން, "ކުއްވެރިޔާ/ސަސްޕެކްޓް ހައްޔަރު ކުރެވޭނީ އެމީހާގެ ރުހުމުގައި ކަމަށް". ޓިޒާ ގަން އެއް ނޫން, ރަބަރު ވަޒަންވެސް ޖަހަންވީ.



ޓްރެންޑިން