ނ. މަނަދޫ
ނ. މަނަދޫ
ނ. މަނަދޫއިން ކޯވިޑް-19އަށް ޕޮޒިޓިވްވީ ދުވަސްވީ މީހާ ނިޔާވެއްޖެއެވެ. އުމުރުން 80 އަހަރުގެ އެ އަންހެން މީހާ މިއަދު ނިޔާވެފައިވާއިރު، އެމީހާ ކޯވިޑް-19 އިން ރަނގަޅުވެފައިވާކަމަށް މީގެ ކުރިން އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ނިޔާވެފައިވަނީ ނ. މަނަދޫ ކާމިނިީގެ، ސަންފާ ގާސިމެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއަންހެން މީހާ ނިޔާވީ މިއަދު އިރުއޮއްސުނު ފަހުން ޝޮކެއް ޖެހިގެން އައިސީޔޫގައި ފަރުވާދެމުންދަނިކޮށެވެ.

އުމުރުން ދުވަސްވީ މިއަންހެންމީހާ ކޯވިޑް-19 ޖެހުމަށްފަހު ރަނގަޅުވެފައިވާ ކަމަށް މީގެ 3 ދުވަސް ކުރިން ދައުލަތުގެ މީޑިއާ "ޕީއެސްއެމް"އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު އަމީން ވަނީ ވިދާޅުވެފައެވެ.

މި އަންހެންް މީހާ ކޯވިޑް-19 އަށް ޕޮޒިޓިވްކަން އެނގުނީ ހާލު ދެރަވެގެން މަނަދޫ ހޮސްޕިޓަލުން ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސް ބައްޔަށް ޓެސްޓު ކުރުމުންނެވެ.

މައުލޫމާތު ލިބޭގޮތުގައި މިދިޔަ މަހުގެ ތެރޭގައި މިއަންހެން މީހާ ވަނީ މާލެއައިސް ޑޮކްޓަރަށް ވެސް ދައްކާފައެވެ.

މިއަންހެން މީހާއަކީ ހިނގާބިނގާވެ އުޅުމުގައި ދަތިތަކެއް ހުންނަ މީހަކަށްވާތީ ގެއިން ބޭރަށް ނުކުމެ އުޅޭ މީހެއް ނޫންކަމަށް ވެސް އެނގިފައި ވެއެވެ.

މިހާތަނަށް ރާއްޖެއިން 1216 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު މިބަލީގައި 4 މީހަކުވަނީ ނިޔާވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން