އެސްޓީއޯއާ ހަވާލު ކުރި 25 ވެންޓިލޭޓަރުގެ ތެރެއިން ސަޕްލައި ކުރި 10 ވެންޓިލޭޓަރަކީވެސް އައިސީޔޫގައި ބޭނުން ނުކުރެވޭ ވެންޓިލޭޓަރު ކަމަށް އެންޓި ކަރަޕްޝަން ކޮމިޝަން، އޭސީސީން ހާމަކޮށްފިއެވެ.
އޭސީސީން މިކަން ހާމަކޮށްފައިވަނީ ވެންޓިލޭޓަރ ގަތުމުގައި ހެލްތު މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތާއި ގުޅޭގޮތުން ނެރުނު ދިރާސާ ރިޕޯޓެއްގައެވެ. އޭސީސީއިން ބުނެފައިވަނީ ކޮވިޑް-19 ގެ ޙާލަތާ ގުޅިގެން ގައުމުތައް ލޮކްޑައުންކުރުމުގެ ކުރިން ހެލްތު މިނިސްޓްރީން އެސްޓީއޯއާ 25 ވެންޓިލޭޓަރ ސަޕްލައިކުރުމަށް ޙަވާލުކޮށްފައިވާކަމަށާއި އެ ތަކެތި ސަޕްލައިކުރުމަށް ދީފައިވާ މުއްދަތު ހަމަވެފައިވާކަމަށެވެ. މިމުއްދަތުގައި އެސްޓީއޯއިން ސަޕްލައިކޮށްދީފައިވަނީ 10 ޔުނިވަރސަލް ވެންޓިލޭޓަރ (ނިއޯނޭޓަލް އޮޕްޝަން ނުހިމަނާ) ކަމަށާއި އެކަން އެކުންފުންޏަށް ހެލްތުން އެންގި ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގެންނަން ހުށައެޅި ކުންފުނި ތަކުގެ ތެރޭގައި އެސްޓީއޯ ވެސް ހިމެނެއެވެ. އެފުރުސަތުގައި އެސްޓީއޯއާއި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނާއި ނާޑު ޕްރައިވެޓް ލިމިޓެޑުން ވަނީ ވެންޓިލޭޓަރުގެ އަގުތައް ހެލްތު މިނިސްޓްރީއަށް ފޮނުވާފައެވެ.
އޭސީސީގެ ރިޕޯޓްގައި ބުނެފައިވަނީ އެސްޓީއޯއިން ހުށަހަޅާފައިވާ 03 އޮޕްޝަންގެ ތެރެއިން އޮޕްޝަން 01 އާއި އޮޕްޝަން 03 ގައި ހުށަހަޅާފައިވާ އަގުތަކަކީ އެކަމަށް އެދުނު އަނެއް ދެ ކުންފުންޏަށްވުރެ ބޮޑު އަގުތަކެއްކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އެސްޓީއޯއާ ވެންޓިލޭޓަރު ގަންނަން ހަވާލު ނުކުރި ސަބަބު ހެލްތު މިނިސްޓްރީން އެކުންފުންޏަށް އަންގާފައިވާ ކަމަށްވެސް އޭސީސީން ތައްޔާރުކުރި ރިޕޯޓްގައިވެއެވެ.
އެގޮތުން އެސް.ޓީ.އޯ އިން ހުށަހަޅާފައިވާ ތިން އޮޕްޝަންގެ ތެރެއިން އޮޕްޝަން ދޭއް ގައިވާ ވެންޓިލޭޓަރުތަކަކީ މިނިސްޓްރީން އެދިފައިވާ ނިއޯނޭޓަލް އޮޕްޝަން ހިމެނިފައިނުވާ ތަކެތިކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެއެވެ. ނިއޯނޭޓަލް އޮޕްޝަން ކޮންމެހެން ހިމަނަންޖެހެނީ، ކޮވިޑް-19 ބަލީގައި އެންމެ ތުއްތު ކުދިންނަށްވެސް ފަރުވާ ދޭންޖެހޭ ހާލަތުގައި ނިއޯނޭޓަލް ވެންޓިލޭޓަރުތައް ކޮންމެހެން ބޭނުން ކުރަންޖެހޭނެތީކަމަށާއި އޮޕްޝަން އެކެއް އަދި ތިނެއްގައި ހުށަހަޅާފައިވާ އަގުތަކަކީ އެހެންކުންފުނިތަކަށްވުރެ ބޮޑު އަގުތަކަކަށްވެފައި މުއްދަތު ދިގުވުމުން ބިޑް ކޮމިޓީން އެގޮތަށް ނިންމާފައިވާތީ އެސް.ޓީ.އޯއަށް މި މަސައްކަތް ޙަވާލުކޮށްފައިނުވަނީކަމަށް އޭސީސީގެ ރިޕޯޓްގައި ބުނެފައި ވެއެވެ.
އެސްޓީއޯއިން އެންމެ ކުޑަކޮށް އަގު ހުށައެޅި 50 ވެންޓިލޭޓަރަކީ ކޮވިޑް-19 އާއި ގުޅިގެން އައިސީޔޫގައި ބޭނުންކުރާ ކަހަލަ ވެންޓިލޭޓަރު ނޫން ކަމަށް ވެސް އޭސީސީގެ ރިޕޯޓްގައި ބުނެފައިވެއެވެ. ދައުލަތުގެ ޕްރޮކިއުމަންޓްގެ ހުރިހާ ކަމެއް ގެންދަންޖެހޭނީ ގާނޫނުގައި އެކަށައަޅާފައިވާ ގޮތަށް ކަމަށާއި، އެ އުސޫލުތަކުގެ ބޭރުން ހުއްދައެއް ދޫކުރުމަކީ ދައުލަތުގެ ޕްރޮކިއުމަންޓް މަގުސަދު ހާސިލްކުރުމަށް ހުރަސްއެޅޭ ކޮރަޕްޝަން ހިރާސް އިތުރުވެ އާންމުން އެ ނިޒާމަށް ޝައްކު ކުރުމުގެ ޖާގަ ލިބޭނެކަމެއް ކަމަށް ރިޕޯޓްގައިވެއެވެ.
އޭސީސީން ބުނީ ވެންޓިލޭޓަރ ގަތުމުގައި އަމަލުކޮށްފަައިވާގޮތް މިހާރުވެސް އިތުރަށް ތަހުގީގް ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު