މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ޢާއްމު މެމްބަރުންނާ އެއްވަރުގެ މުސާރައެއް ނެންގެވުމަށް، މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ނިންމަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިރޭ ބުނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ، މެންބަރުންނާ އެއްވަރުގެ މުސާރައެއް ދެއްވުމަށް އެދިވަޑައިގެންފައިވާތީ، އެގޮތަށް އަމަލުކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން މުސާރަތައް ކަނޑައަޅާ ފަރާތްތަކުގެ މުސާރަތައް ކުޑަ ކުރުމަށް މާލިއްޔަތު ކޮމިޓީން އެކުލަވައިލި ރިޕޯޓް މަޖިލީހުން އިއްޔެ ފާސްކޮށްފައިވާއިރު، މި ބަދަލާއެކު ވެސް ދައުލަތުގެ އެންމެ މަތީ ތިން ބާރުގެ ވެރިންނަށް ލިބިވަޑައިގަންނަވާ މުސާރަ އަށްވުރެ ބޮޑު އެއްޗެއް މަޖިލީހުގެ ނައިބު ރައީސް އަށް ލިބިވަޑައިގަންނަވާތީ ބައެއް ފަރާތްތަކުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

އެގޮތުން މުސާރަތައް ކުޑަކުރުމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ލިބިވަޑައިގަންނަވަނީ 65،000 ރުފިޔާ އެވެ. މަޖިލީހުގެ ރައީސަށް 37،188 ރުފިޔާ ލިބިވަޑައިގަންނަވާއިރު އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާނީ 58،188 ރުފިޔާއެވެ.

މެމްބަރުންނާ އެއްވަރުގެ މުސާރައެއް ނެންގެވުމަށް އީވާ ނިންމެވިއިރު، މި ބަދަލުގެ ސަބަބުން މަޖިލީހުގެ މެމްބަރުންގެ އަސާސީ މުސާރަ ވަނީ 29،750 ރުފިޔާއަށް ކުޑަވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން