އޭޑީކޭގައި ކޯވިޑް-19 އަށް ޓެސްޓު ކުރަން ފަށައިފިއެވެ.
ކޯވިޑް-19 ގެ ޓެސްޓު ހެދުމަށް ބޭނުންވާ ޕީސީއާރު ސިސްޓަމެއް މިދިޔަ ހަފުތާގައި ބަހައްޓައި ކޯވިޑް-19 އަށް ޓެސްޓުކުރުމުގެ ގާބިލްކަން އިތުރުކުރުމުގައި ސަރުކާރަށް އެހީތެރިކަން ދޭން އޭޑީކޭ އިން ވަނީ ނިންމައިފަ އެވެ.
އެކަމާއި ގުޅިގެން ކޯވިޑް-19 ޓާސްކްފޯސްގެ ތަރުޖަމާނު މުޙައްމަދު މަބްްރޫކް އަޒީޒު ވިދާޅުވީ އޭޑީކޭގައި ޓެސްޓުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، އެ ހޮސްޕިޓަލުން ދުވާލަކަށް 500 ޓެސްޓު ހެދޭނެ ކަމަށެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ އާ އެކްސްޓްރެކްޝަން މެޝިން އައިޖީއެމްއެޗްގައި މިހާރު އިންސްޓޯލް ކުރަމުން ދާ ކަމަށާއި އެއާއެކު އައިޖީއެމްއެޗްގައި ޓެސްޓިން ކެޕޭސިޓީ 600 އަށް ވުރެ މައްޗަށް ދާނެ ކަމަށެވެ. ހަމަ އެއާއެކު ފުލުހުންގެ ލެބޯޓަރީގައި ކޯވިޑް-19 އަށް ދުވާލަކު 145 ޓެސްޓު ހެދެއެވެ.
މަބްރޫކް މިރޭ ވިދާޅުވީ މިމަސް ނިމެން ވާއިރަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ކޮންމެވެސް ވަރަކަށް ކޯވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމްތައް ހަމަޖެހޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
މިހާރު ރާއްޖޭގައި ދުވާލަކު ކޯވިޑް-19 އަށް ޓެސްޓް ކުރެވެމުން ދަނީ 300 ވަރަކަށް ސާމްޕަލެވެ.

ކިޔުންތެރިންގެ ހިޔާލު