ފްރަންޓްލައިންގައި މަސައްކަތް ކުރާ ބަޔަކު ހަރަކާތްތެރިވަނީ
ފްރަންޓްލައިންގައި މަސައްކަތް ކުރާ ބަޔަކު ހަރަކާތްތެރިވަނީ
ރާއްޖެއިން ކޯވިޑް-19 ޖެހުނު އިތުރު 13 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

އެންއީއޯސީން ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 ޓާސްކް ފޯސްގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިއަދު ރާއްޖެއިން 13 މީހަކު ކޯވިޑް-19 އިން ރަނގަޅުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 12 ދިވެހިންނާއި، ބިދޭސީ އެކެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19 އިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 104ށް އަރާފައެވެ.

މި ބަލީގައި މިހާތަނަށް ރާއްޖެއިން ހަތަރު މީހަކު ނިޔާވެފައިވާ އިރު މިއަދު ވަނީ މި ބަލިން ރަނގަޅުވި ނ. މަނަދޫ އަށް ނިސްބަތްވާ އުމުރުން ދުވަސްވީ މީހަކު ނިޔާވެފަ އެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.މުރާދު ވިދާޅުވީ، މަނަދޫއިން ނިޔާވި މީހާ، ނިޔާވީ ކޮވިޑް ޖެހިގެން ނޫން ކަމަށާއި އެހެން ކަމެއްގެ ސަބަބުން ކަމަށެވެ.

"ކޯވިޑް-19 އަށް ފައްސި ވެގެން ފަރުވާ ކުރި މީހެއް، އޭނާ ނައްސި ވި ފަހުން މިއަދު ވަނީ ނިޔާވެފައި. އަޅުގަނޑުމެން ބެލިބެލުމުން އޭނާ ނިޔާވެފައި ވަނީ އެހެން ކަމެއްގެ ސަބަބުން. އެހެން މައްސަލަތަކަކަށް ޑީއެޗް ގައި ފަރުވާ ދެމުން އައީ ވެސް. އޭރު ނައްސި ވުމާ އެކު ފަރުވާ ކުރަމުން އައިސް ކޮމްޕްލިކޭޝަންތަކެއް ދިމާވެގެން އޭނާ ނިޔާވީީ." ޑރ. މުރާދު ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 ޖެހުނު އަދަދަކީ 1،216 އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން