މާލޭގައިި އަލަށް އިމާރާތްކޮށްފައިވާ މިސްކިތެއް
މާލޭގައިި އަލަށް އިމާރާތްކޮށްފައިވާ މިސްކިތެއް
މާދަމާގެ ހުކުރު ނަމާދުން ފެށިގެން ލޮކްޑައުން ނެތް ރަށްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދީފިއެވެ.

އެންއީއޯސީގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވީ، ކަމާބެހޭ ފަރާތްތަކާ ވާހަކަދެއްކުމަށްފަހު، މިސްކިތުގައި ޖަމާޢަތް ހަދައިގެން މެދުކަނޑާލާފައި އޮތް އޮތުން ނިމުކަމަށް ގެންނަން ނިންމާފައިވާ ކަމަށެވެ.

"ޑޮކްޓަރުންނާ ވާހަކަ ދެއްކިން މިސްކިތުގެ ޖަމާއަތް މެދުކަނޑާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ޖަމާއަތުގައި ނަމާދު ކުރެވޭނެ ގޮތަކާ މެދުގައި. ޑޮކްޓަރުން އަންގަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އެކަން ކުރަން. އެހެންވެ، އަޅުގަނޑުމެން ގަސްދު ކުރަނީ ވަކި ރަށްރަށެއްގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ފަށަން." މިނިސްޓަރ ވިދާޅުވިއެވެ.

"ފުރަބަންދު ނެތް އަދި މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގައި މިސްކިތްތަކުގައި ނަމާދު ކުރަން ފަށަން ވަނީ ނިންމާފައި. އެގޮތުން މާދަމާގެ ހުކުރު ނަމާދުން ފެށިގެން މިސްކިތްތަކުގެ ޖަމާއަތް ފެށޭނެ. އެކަމާ ގުޅޭ ސާކިއުލާއެއް ވެސް ފޮނުވާނަން." މިނިސްޓަރ ވިދާޅުވިއެވެ.

"ޑޮކްޓަރުން އިރުޝާދު ދެއްވަނީ ގެއިން ވުޟޫ ކުރުމާއި ރޯގާ ޖެހި ކިނބިހި އަޅާ ނަމަ، މިސްކިތަށް ނުދިއުމާއި މުސައްލަ ހިފައިގެން މިސްކިތަށް ދިއުމާއި މާ ގިނަ އިން މިސްކިތުގައި މަޑު ނުކުރުމާއި ކާޕެޓް އަޅާފައި ނުބެހެއްޓުމަށް."

ޖަމާޢަތުގެ ނަމާދު ކުރުމުގައި، ފިޔަވަޅުތައް އެޅުމަށް ނިންމާފައި ވަނީ މަރުޙަލާތަކަށް ބަހާލައިގެން ޢާންމު ޙާލަތައް ރުޖޫޢަވުމަށް މަސައްކަތް ކުރަން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ކުރިޔަށް އޮތްތަނުގައި ޙާލަތައް ރިޢާޔަތްކޮށް ލުއިތަކެއް ދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން