މަބްރޫކް އަޒީޒް
މަބްރޫކް އަޒީޒް
ދުބާއިން 10 ވެންޓިލޭޓަރެއް ރާއްޖެ ގެނެސްފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންްޓަރުގެ ތަރުޖަމާނު މަބުރުކޫ އަޒީޒު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބުރޫކް އަޒީޒު ވިދާޅުވީ، ކޯވިޑް ބަލިޖެހި އެންމެ ބޮޑަށް ހާލު ދެރަވާ މީހުންނަށް ފަރުވާދޭ 129 ވެންޓިލޭޓަރު މިހާރު ރާއްޖޭގައި އެބަހުރި ކަމަށެވެ. ދުބާއީން ރާއްޖެ އަށް ގެންނަ ވެންޓިލޭޓަރުގެ ތެރެއިން 10 ވެންޓިލޭޓަރު މިއަދު އައިސްފައިވާ ކަމަށް މަބުރޫކް ވިދާޅުވިއެވެ.

ޢޭނާ ވިދާޅުވީ މިމަހުގެ ތެރޭގައި އިތުރު 35 ވެންޓިލޭޓަރު ގެނެވޭނެ ކަމަށެވެ. އަދި ދެން ހުރި މެޝިންތައް ގެނެވޭނީ އަންނަ މަހު ކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.

ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ގިނަ އަދަދެއްގެ ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ.

އެގޮތުން ތިން ކުންފުންޏަކަށް ސަރުކާރުން ވަނީ ވެންޓިލޭޓަރު ގެނައުމުގެ މަސައްކަތް ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ޑަބްލިއުއެޗްއޯ މެދުވެރިކޮށް ދުބާއީ ކުންފުންޏެއް ކަމުގައި އެކްސެކިއުޓާ ޖެނެރަލް ޓްރޭޑިން އިން 75 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން