ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެނެސް އެންމެ އަވަހަށް ވެސް ސްކޫލްތައް ހުޅުވާނީ ޗުއްޓީއަށް ފަހުގައި ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
އެންއޯއީސީ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ކޮވިޑާއި ގުޅިގެން މިހާރު ބަންދުކޮށްފައިވާ ސްކޫލްތައް އަލުން ހުޅުވާނީ ތައުލީމީ ދާއިރާގެ ފަރާތްތަކާއި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އެމަޝްވަރާތައް އެޑިއުކޭޝަން މިނިސްޓްރީން ކުރައްވަމުން ގެންދަވާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތައް މިހާރު ބަންދު ކޮށްފައި އޮތް އިރު އެކަޑަމިކް ޓައިމްޓޭބަލްގައި ބުނެފައިވާގޮތުން މިއީ މިޑްޓާމް ޗުއްޓީ ދުވަސް ވަރެވެ. އެކަޑަމިކް ޓައިމްޓޭބަލްގައި ެޮއޮތްގޮތުން ދެވަނަ ޓާމްގެ ކިޔެވުން ފަށާނީ ޖޫން 14 ގައެވެ.
ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު މިހާރު މަދުވަމުން ދާތީ ސަރުކާރުން ފުރަބަންދަށް ލުއިތަކެއް ދިނުމަށް މިހާރު ވަނީ ނިއްމާފައެވެ.

ކިޔުންތެރިންގެ ހިޔާލު