ސަރުކާާރުގެ މައި ހޮސްޕިޓަލް، އައި ޖީ އެމް އެޗް
ސަރުކާާރުގެ މައި ހޮސްޕިޓަލް، އައި ޖީ އެމް އެޗް
ކޯވިޑް-19 އަށް ޓެސްޓުކުރުމަށް އައިޖީއެމްއެޗްގައި އައު މެޝިނެއް ބެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ.

ދަރުބާރު ގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ޓާސްފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އައިޖީއެމްއެޗުގައިި އައު މެޝިންއެއް ބެހެއްޓުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށެވެ.

އައިޖީއެމްއެޗްގައި ބަހައްޓާ އާ މެޝިނުން ދުވާލަކަށް 600 ޓެސްޓު ހެދޭނެ ކަމަށް މަބުރޫކް ވިދާޅުވިއެވެ. މީގެ އިތުރުން އަދި އޭޑީކޭގައި ޓެސްޓުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، އެ ހޮސްޕިޓަލުން ދުވާލަކަށް 500 ޓެސްޓު ހެދޭނެކަމަަށް މަބްރޫކް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން