ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް އުފަން ދުވަހުގެ ތަހުނިޔާ ވިދާޅުވެ ބައެއް އިދިކޮޅު މެންބަރުން ކުރައްވާފައިވާ ޓްވީޓްތަކެއް ރައީސް މުހައްމަދު ނަޝީދު ރީޓްވީޓް ކުރައްވައިފި އެވެ.
ރައީސް ނަޝީދު ރީޓްވީޓް ކުރައްވާފައިވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރައްވާފައިވާ ޓްވީޓަކާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރައްވާފައިވާ ޓްވީޓެކެވެ.
މި ދެ ޓްވީޓްގައި ވެސް ރައީސް ޔާމީންގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ވަނީ ތައުރީފް ކޮށްފައެވެ. މި ދެ ޓްވީޓް ރައީސް ނަޝީދު ރީޓްވީޓް ކުރައްވާފައިވަނީ ކީއްވެ ކަމެއް ސާފެއް ނުވެއެވެ. ޢާންމުގޮތެއްގައި ރީޓްވީޓް ކުރަނީ ޓްވީޓްގަައި ބުނާ ވާހަކަތަކަށް ތާއީދުކުރުމުގެ ގޮތުންނެވެ.
މިއަދަކީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީިސް ޔާމިންގެ 61 ވަނަ އުފަންދުވަހެވެ. އުފަންދުވަހުގެ މުނާސަބާތުގަައި ގިނަބަޔަކު އަންނަނީ ރައީސް ޔާމިނަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވަމުންނެވެ.

1.ރައްޔިތުންގެ ހާލަތަށް އެންމެބޮޑު ކުރިއެރުމެއްގެނެސްދެއްވި ދިވެހިތާރީޚް ރަންއަކުރުން ފަވާނެ ޙިދުމަތްތެރި ރައީސްއަށް އުފަންދުވަހުގެ ތަޚްނިޔާ އަރިސްކުރަން.އިންސާފު ނުލިބި ނުޙައްޤުން ޖަލުގައި ހުންނެވުމަކީ ދިވެހިޤައުމަށް ލިބިގެންދިޔަ ބޮޑުހިތާމައެއް. pic.twitter.com/oN7BOH4Kfj
— Mohamed Saeed (@em_saeed) May 20, 2020
ކިޔުންތެރިންގެ ހިޔާލު