އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ހަމައެކަނި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ބެހެއްޓުމުގެ މާ ބޮޑު އިންސާފެއް ވިސްނިވަޑައި ނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ އެކްޓިވިސްޓުންނާއި އިސް ބައެއް ބޭފުޅުން ހިމެނޭ "ރަށްވެހި ފަތިސް ލަންކާ" ވަޓްސްއެޕް ގްރޫޕަށް އެމަނިކުފާނު އަތްޕުޅުން ލިޔުއްވާ ހިއްސާ ކުރެއްވި މެސެޖެއްގައެވެ.
ދިވެހި ބަހުން ރައީސް ނަޝީދު ލިޔުއްވާފައިވާ އެ މެސެޖުގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ އަމަލުފުޅުތަކާއި، އުސޫލުތަކާއި އަދި ހިޔާލުފުޅުތަކަށް އެ މަނިކުފާނު ތާއީދު ނުކުރައްވާ ކަމަށާއި އެހެން ނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި "ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭންދުމުގެ މާ ބޮޑު އިންސާފެއް އަޅުގަނޑަކަށް ނުވިސްނޭ" ކަމަށެވެ.
އެ މެސެޖްގައި ދެން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމްޑީޕީން ބުނީ ކުރީގެ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލާނެ ކަމަށެވެ. އަދި އެކަން ކުރުމުގައި ފަސްޖެހެންވީ އެއްވެސް ސަބަބެއް ވެސް ނެތް ކަމަށެވެ.
"މަރު ކޮމިޝަން ވެސް ހަމަ މިފަދަ. ކުރާން ބުނި ކަންކަން އަޅުގަނޑުމެން ޖެހޭނީ ކުރަން." ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.
ރައީސް ނަޝީދު މިފަދަ މެސެޖެއް އާންމު ކުރައްވާފައި ވާއިރު، އިދިކޮޅު ލީޑަރު، ރައީސް ޢަބްދުﷲ ޔާމީނަށް އުފަން ދުވަހުގެ ތަހުނިޔާ ވިދާޅުވެ އިދިކޮޅު ބައެއް މަޖިލީސް މެންބަރުން ކުރައްވާފައިވާ ޓްވީޓްތަކެއް ވެސް ރައީސް ނަޝީދު ވަނީ ރޭ ރީޓްވީޓް ކުރައްވައިފައެވެ.
ރައީސް ނަޝީދު ރީޓްވީޓް ކުރައްވާފައި ވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރައްވާފައިވާ ޓްވީޓަކާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރައްވާފައިވާ ޓްވީޓެކެވެ. އެ ދެ ޓްވީޓަކީ ވެސް ރައީސް ޔާމީންގެ ސިޔާސަތުތަކަށް ތައުރީފު ކޮށްފައިވާ ޓްވީޓްތަކެވެ.
ރައީސް ނަޝީދު އިންތިހާބުގައި ބަލި ކުރައްވާ 2013 ގެ އިންތިޚާބު ކާމިޔާބު ކުރެއްވި ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް ނަޝީދަށް ވަނީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. 2018 ގެ ރިޔާސީ އިންތިޚާބުން ރައީސް ޔާމީން ބަލިކޮށް އެމަނިކުފާނުގެ ވެރިކަމަށް ނިމުމެއް ގެނަސްފައި ވަނީ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ކޯލިޝަނަކުންނެވެ. އަދި، ރައީސް ޔާމީނަށް މި ސަރުކާރުގައި ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
ރައީސް ނަޝީދުގެ މި މިސެޖާއި ގުޅިގެން އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤު ކުރެއްވި ޓްވީޓެއްގައި، "ރީ ޓްވީޓްގެ ސިއްރު" ކަމަށް ވިދާޅުވެ ރައީސް ނަޝީދުގެ މެސެޖް ހިއްސާކުރައްވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު