ރީކޯ މޫސާ މަނިކު
ރީކޯ މޫސާ މަނިކު
މިއަދުގެ ޖަޒްބާތަކީ ވެރިކަމުގެ އަރައިރުންކަމަށް ވިދާޅުވެ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު ރައީސް ނަޝީދަށް ހޫނު ރައްދެއް ދެއްވައިފިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި، ރައީސް ޢަބްދުﷲ ޔާމީން އެކަނި ޖަލުގައި ބޭއްވުމުގެ އިންސާފެއް ވިސްނިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ އިސް ބޭފުޅުން ތިއްބަވާ މީސްމީޑިއާ ގްރޫޕެއްގައި ރައީސް ނަޝީދު ވަނީ އަތްޕުޅުން ލިއުއްވާފައިވާ މެސެޖެއް ހިއްސާ ކުރައްވާފައެވެ. އަދި މިސެޖުގައި ކުރީގެ ސަރުކާރުގެ ޚިޔާނާތުގެ މައްސަލަތައް ތަހުގީގު ނުރެވޭ މައްސަލައާއި މަރުކޮމިޝަންގެ މަސައްކަތާއި މެދު ވެސް ސުވާލު އުފައްދަވާފައި ވެއެވެ.

މިކަމާ ގުޅިގެން މޫސަ ވިދާޅުވީ، 2008 ގައި އެމްޑީޕީއަށް ވެރިކަން ޙަވާލުކުރީވެސް ޖަލުތަކުގައި މަރާލާފައިވާ މީހުންނާއި، ޖަލުތަކުގެ އަނިޔާގެ މައްސަލަތަކާއި، އެފްޕީއައިޑީ އާއި، އެއަރމޯލްޑިވްސް މައްސަލަ ފަދަ ޚިޔާނާތުގެ މައްސަލަތައް ބަލާނެ ކަމަށް ވަޢުދު ވުމުން ކަމަށެވެ.

"ވެރިކަން ދިނީމަ އެކަން ކުރިތަ؟ ދުލުގަހިފާ ނުދަމާ!" ރީކޯ މޫސަ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު ވަނީ ކާމިޔާބުގައި ހިތްތިރި ކުރަން ޖެހޭ ކަމަށް ވިދާޅުވެ މާޒީގެ ފަހަތުން ނުދުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އޭރު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ހުންނެވި މޫސާ މަނިކުވެސް އޭރު ވިދާޅުވެފައިވަނީ، ހިތްތިރިކޮށްގެން ޤައުމާއިގެން ކުރިއަށްދާން ޖެހޭ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ރަނގަޅަށް ބަލައިފިނަމަ ރާއްޖޭގެ ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވާ އޭރާއި، މިހާރުގެ ކިތަންމެ ބަޔަކަށް އޭގެ އަސަރު ކުރާނެ ކަމަށް މަސްރަޙް ދިރާސާ ކުރަށްވާ ބޭފުޅުން ވިދާޅުވެއެވެ. އަދި މިހާތަނަށް އާންމުވެފައިވާ ރިޕޯޓްތަކުގައި ވެސް އެފަދަ އެތައް ނަމެއް ލިޔެފައި ވާކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


7

މިޔޯލަ

25-May-2020

ދޭތެރެޔަކުން ފުނަ ޖަހާާލާތި ނޫނީ ސިޔާސީ ކުޅިގަނޑު ހުއްޓިދާނެ


9

ޙަބޭސް

25-May-2020

ހަރުބިތާއި ފުލާ އެގޭނީ ރީކޯމޫސަޔަށް އެއީ އެމް.ޑީ.ޕީ މި ވުޖޫދަށް ގެނައުމުގަވެސް އާރުލާ މަސައްކަތް ކޮށްފައިވާ ވަރަށް ވަރުގަދަ ބަޠަލެއް..! ނަޝީދަކީ ދަލުބޭރުންޖެހުނު ޖެހުނު ކާޅެ...އޭނަޔަކީ ހަމައިގަ ހުންނަވަގުތެއް ނާންނަ މަރުމޯލެއް...އެއްވެސް އަގެއްނެތް ގާހަކައެއްގެ އަގަޔެއް


-2

މައުމޫނު

23-May-2020

މިނޫހުގައި ހިޔެއްނުވޭ ތަންދޮރު އެނގޭމީހަކު ހުރިހެން. ބަލަގަ ނަޝީދު އަނގައިން ކިޔާ އެއްޗެއް އެއީ ހިތްތިރިކަމޭ. ވެެރިކަމަށް އައިސް ފުރަތަމަވެސް އުފެއްދީ މައުމޫނުގެ މައްސަލަ ބަލަން ކޮމިޝަނެއް. އެކަމަކު 30 އަހަރު ވެރިކަންކުރިމީހަކު ނަޝީދުކަހަލަ ބޮލުރޮނދިކެނޑިފައިހުންނަ މީހަކަށް އަތުލައިގަންނާކަށް ފަސޭހަ ނުވާނެ. ނަޝީދަކީ ހިތްތިރިކަމަށް ދައްކާ މީހެއް. އެކަމަކު އޭނަޔަކީ މައުމޫނަށްވުރެން 6 ގުނަ ޚުދުމުޚުތާރު މީހެއް. 3 ބާރު ވަކިވެފައި އޮންނަ ވެރިކަމެއްގައިވެސް ހުރިހާ ބާރެއް ހޯދަން އުޅެނީ. މައުމޫނަށް ލިބުނުކަހަލަ ވެރިކަމެއް ކުރަން އޭނަޔަށް ލިބުނު ނަމަ މިއަދު މިރާއްޖެ ނޯތީސް.


7

ޙެއްރަބޭ

23-May-2020

ކޮން ފުނައެއް ޖަހާކަށް ހޢްތާވެސް އެއްގަލުން ފެހިކާ , ކަމުންދާ , ކައިފަ ހުރި ލަނޑާ .


3

ކަލޯސޮރު

22-May-2020

މޫސަބުނީމަ މޭކަރާނެ އެއަކީ ކުރިން ތަޖުރިބާކުރެވިފަ ހުރި މީހަކަށްވާތީ


11

ައަހަރެން

22-May-2020

އޯކޭ


16

ކަލޯސޮރު

22-May-2020

މޫސަބުނީމަ މޭކަރާނެ


4

ކަލޯސޮރު

22-May-2020

ޥ.ރަނގަޅު


2

ކަލޯސޮރު

22-May-2020

މޫސަ އެގޮތަށްފުނަޖަހާލީމައެއް ސިޔާސީ މީހުނަކަށް ހަޔަކު ނުތިބެވޭނެ.


9

ކަނޑުކޮސް

22-May-2020

މޫސަޔަކީ ފުނަޖަހާލުމަށް މިހާރުހުންނެވި މޮޅު ސިޔާސީއެކަކު ނަޝީދޭތިކިޔަނީ މޯލެއްގެވާހަކަ


5

ތިމަންނަ

22-May-2020

ދޭތެރެއިން ފުނަޖަހާލާތި އެހެންނޫނީ ސިޔާސީ މީހަކަށް ނުވާނެ.....



ޓްރެންޑިން