ރީކޯ މޫސާ މަނިކު
ރީކޯ މޫސާ މަނިކު
ޑީއާރުޕީއަށް ވީހެން އެމްޑީޕީއަށް ވިޔަދީގެން ނުވާނެކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސާ މަނިކު މިއަދު ކުރަށްވާފައިވާ ޓްވީޓެއްގައި ވަނީ، އެމްޑީޕީގެ މެމްބަރުންނަށް މިއަދު ޙަޤީޤަތް އެނގެންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެތެރޭގެ ބަޣާވާތަކުން ވެރިކަން ވެއްޓުނަދީގެން ނުވާނެ ކަމަށް މޫސަ ވަނީ ގޮވާލައްވާފައެވެ.

މޫސަ މިފަދަ ޓްވީޓެއް ކުރައްވާފައި މިވަނީ، ރައީސް ޔާމީން އެކަނި ޖަލުގައި ބޭންދުމަކީ އިންސާފު ކަމުގައި ގަބޫލު ނުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް ކަމަށް ވަޑައިގެންނެވުމަށްފަހު މޫސަ ވަނީ، ފަހުން ރައީސް ޔާމީންގެ ފަހަތްޕުޅުގައި ސިޔާސީ މަސައްކަތްތަކުގައި ޙަރަކާތްތެރިވެ ވަޑައިގެންފައެވެ. މޫސަ ވިދާޅުވަމުން ގެންދެވީ އޭނާގެ ސިޔާސީ ޕްލެޓްފޯމް ބަދަލުކުރައްވަން ޖެހިވަޑައިގަތީ އެމްޑީޕީން ބޭރުކޮށްލުމުން ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގެ ފަހު ދުވަސްކޮޅު މޫސަ މަސައްކަތް ކުރެއްވީ ރައީސް ޔާމީނާއިއެކު ޕީޕީއެމްގައެވެ.

ޕީޕީއެމްގައި ދުވަސްކޮޅަކު ވަރަށް ޙަރަކާތްތެރި މަސައްކަތްތަކެއް ކުރެއްވުމަށްފަހު، ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް އައިސް މިހާރުގެ ވެރިކަން ފެށުނު ފަހުން ރީކޯ މޫސަ ވެގެން ގޮސްފައިވަނީ ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ތާޢީދު ކުރަށްވާ ބޭފުޅެއްގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން