ރައީސް ސޯލިހު މޯދީ އާއި ސަލާމްކުރައްވަނީ
ރައީސް ސޯލިހު މޯދީ އާއި ސަލާމްކުރައްވަނީ
އިންޑިއާ އަކީ އިސްލާމްދީނާއި މުސްލިމުންނާ ދެކޮޅު ގައުމެއް ކަމަށް ޕާކިސްތާނުން ބުނުމުން ރާއްޖެ އިންޑިއާގެ ދިފާއުގައި ތެދުވެ ޕާކިސްތާނަށް ރަށްދު ދީފިއެވެ.

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކައުންސިލް (އޯއައިސީ) ގެ އޮންލައިން ބައްދަލުވުމެއްގައި ރާއްޖެއިން އިންޑިއާގެ ދިފާއުގައި ވާހަކަ ދައްކާފައިވަނީ އިންޑިއާ އިން މުސްލިމުންނާ ދެކޮޅު އެޖެންޑާ ޕްރޮމޯޓް ކުރަމުންދާ ކަމަށް އެ ގައުމާ ވާދަވެރި ޕާކިސްތާނުން އެ ބައްދަލުވުމުގައި ބުނުމުން އެކަމަށް ރައްދު ދެމުންނެވެ.



އިންޑިއާގެ މީޑިއާތަކުގައި ބުނެފައިވަނީ 200 މިލިއަން މުސްލިމުން ދިރިއުޅޭ އިންޑިއާގެ މަައްޗަށް އެފަދަ ތުހުމަތެއް ކުރުން ރަނގަޅު ނޫން ކަމަށް އެ ބައްދަލުވުމުގައި ރާއްޖެއިން ބުނެފައިވާ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ފެތުރޭ މައުލޫމާތުތަކަށް ބިނާކޮށް އެފަދަ ތުހުމަތު ކުރުން ރަނގަޅު ނޫން ކަމަށާއި އޭގެ ސަބަބުން ދެކުނު އޭޝިއާގެ ހަމަޖެހުން ގެއްލިގެން ހިނގައިދާނެ ކަމަށް ވެސް ރާއްޖެއިން ބުނި ކަމަށް އިންޑިއާގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

މީގެ އިތުރުން އިސްލާމީ ގިނަ ގައުމުތަކާ އިންޑިއާ އިން މިހާރު ގުޅުން ބަދަހިކޮށްފައިވާ ކަން ވެސް ރާއްޖެއިން އެ ބައްދަލުވުމުގައި ފާހަގަކުރި ކަމަށް އިންޑިއާގެ މީޑިއާތަކުގައި ވަނީ ބުނެފައެވެ.

އިންޑިއާގެ ދިފާއުގައި ރާއްޖެއިން ވާހަކަ ދައްކައިފައިވާއިރު ރާއްޖެއިން އެންމެ ބޮޑަށް ގުޅުން ބަދަހިކޮށްފައިވާ ގައުމަކީ އިންޑިޔާ ކަން ފާހަގަކޮށްލެވެއެވެ. ކުރީގެ ސަރުކާރުގައި ޗައިނާ އާއި ރާއްޖެއާ ގުޅުން ބަދަހި ކުރުމުން އިންޑިއާއާއެކު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެންދިޔައެވެ. އެހެން ނަމަވެސް ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހި ކުރައްވާ "އެންމެ ފުތަމަ އިންޑިއާ" ޕޮލިސީ ދަމަހައްޓަވާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާ ކުރެއްވި ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގެންނެވިއެވެ. އޭގެ ފަހުން މިދިޔަ އަހަރު ވެސް ރަސްމީ ދަތުރުފުޅެއްގައި މޯދީރާއްޖެ ވަޑައިގެން އެކި ދާއިރާތަކުން އެހީ ދިނުމުގެ އެއްބަސްވުންތަކުގައި ދެ ގައުމުން ސޮއި ކޮށްފައިވާ ކަން ފާހަގަކޮށްލެވެއެވެ. އަދި ކޮވިޑް-19 އާ ގުޅިގެން އިންޑިއާ އިން ވެސް ރާއްޖެއަށް އެހީތަކެއް ވަނީ ފޯރުކޮށްދީފައެވެ. ޚާއްޞަ ގޮެތެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަ އިސްތިހާރު ކުރައްވާ ކޯވިޑް-19 ގެ ފަރުވާ، ހައިޑްރޯކްލޮރޮކިން ގެ ގިނަ އަދަދެއްގެ ބޭސް ރާއްޖެއަށް ވަނީ ވިއްކާފައެވެ.


ކިޔުންތެރިންގެ ހިޔާލު


12

ސަރާ

23-May-2020

ދިވެހި قومގެ ނަން މުޅި ދުނިޔެއަށް ޚަރަދުކުރާ ސަރުކާރެއް ފޮރިން މިނިސްޓަރު ލިފްވަގު ރައްތުންގެ ނަމުގައި މުޅި ދުނިޔޭގެ قوم ތަކަށް އަރައި ރައްޔިތުން ނަމުގައި ނެގުނުގޮތަކަށް ފައިސާ ނަގައި ނުވި ތަނަކަށް سلام ޖަހައިގެން ވެސް ފައިސާ ނަގައި ވައްކަން ކުރަނީ.


7

ޤައުމީ ވިންދު

23-May-2020

ސަރުކާރުން މި ފަދަ ބޭ އިންސާފު ބަޔާނެއް އިއްވައި މުސްލިމު ޢުޚުއްވައްތެރި އިންޑިއާއަށް ރައްދު ދިނީތީ މުސްލިމު ދިވެއްސެއްގެ ހައިސިއްޔަތުން ލަދުވެތިވަމެވެ. އަދި އެކަމަށްޓަކައި ހިތާމަކޮށް ޕާކިސްތާނާއި މުސްލިމު އުއްމަތުގެ ކިބައިން މައާފަށް އެދެމެވެ. މުޅި އިންޑިއާއިން މުސްލިމުން ހުސްކުރާނެ ކަމަށް ބުނެ, ރޯމާ ދުވާލު ފުލުހުންނާއި ހިންދީ ހައްދު ފަހަނަޅައިފައިވާ އަނިޔާވެރީން އިންޑިއާގެ މުސްލިމުންނަށް މަގުމަތީގައި ދޭ އަނިޔާ ނުފެންނަ ކަމީ މި ސަރުކާރުގެ އިޚުލާޞްތެރިކަމެއް އިންސާފެއް އިންސާނިއްޔަތުކަމެއް ނެތްކަމުގެ ހެއްކެކެވެ. މި ސަރުކާރުން އިސްލާމްދީނަށް ތައުހީނުކުރާ މީހުންނަށް ޙިމާޔަތާއި ޢިނާޔަތްދެނީ މި ސަރުކާރަކީ ވެސް ހަގީގަތުގައި އިސްލާމްދީނާ ދެކޮޅު މީހުންނަށް ހިތްވަރު ދޭ ސަރުކާރެއްކަން ޝާހިދު އެވަނީ ޕާކިސްތާނުގެ ހާޒިރުގައި އިޢުތިރާފުވެފައެވެ. އެކަމަކު ... އެކުވެރި މުސްލިމު ޕާކިސްތާނުގެ ރައްޔިތުންނޭވެ! އެއީ ދިވެހި ރައްޔިތުންގެ ޝުޢޫރެއް ނޫނެވެ. އެއީ މި ރާއްޖެއަށް މަކަރާއި ޙީލަތުން ވެރިވެފައިވާ އަނިޔާވެރި ބައިގަނޑެއްގެ ޝުޢޫރެވެ. އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުން އަބަދުވެސް ދެމި ތިބޭނީ ޕާކިސްތާނާއި އިސްލާމީ އުންމަތާ އެކީގައެވެ. ޕާކިސްތާޏުގެ ލޮބުވެތި ރައްޔިތުންނާއި އިނޑިއާގައި އަނިޔާލިބެމުންދާ ނިކަމެތި މުސްލިމުންނަށް ފިޠުރު ޢީދުގެ ތަހުނިޔާ އަރިސްކުރަމެވެ.!


9

ަރައިޔަތު އަހުމަދު

23-May-2020

ޝާހިދު އަނދިރި ދޯ ނުފެންނަނީ މުސްލިމުން މަގުމަތީގައި ތަޅާ މަރާ ތަން ރޯކޮށް ދިރިތިއްބާ އަންދާ ތަން.. ދައުލަތުން އެއްވެސް ފިޔަވަޅެއް ނާޅާ ކަށްމީރުގައި ހިންގި ޖަރީމާ.. މީ އީ އަމިއްލަ އެދުން ބޮޑުވީމަ، ހަމަ އާއި އިންސާފު ނުފެންނަ މީހުން ގެ ބައިގަނޑެއް އުޅޭ ގައުމެއް.. މިހާރު އައްޑޫ އެވިއްކާލީ 200 މިލިޔަން ޑޮލަރަށް ދެން ބަލަން ތިބޭ އައްޑޫރައިޔަތުން މަރާދުވަސް އަންނާނެ އިންޑިޔާ މީހުން އެމީހުންގެ މުސްލިމުން މަރާއިރު އައްޑޫ މީހުން އެއީ އަދި ކޮންބަޔެއް.. ވީމާ، އައްޑޫ މީހުން އެބަޖެހޭ ދައުލަތަށް މިކަން ހުށަހަޅައި އިންޑިޔާ އައްޑޫއިން ބޭރު ކުރަން.. އާދޭސް މިކުރީ ވިސްނާ ތިޔަބައި މީހުންގެ ދަރީންގެ ދަރީންގެ މުސްތަޤުބަލް އޮތީ މިހާރުގެ ކައުންސިލް ގެ އަތްމަތީގަ..



ޓްރެންޑިން