މިއަހަރަކީ މިހާތަނަށް އެންމެ ގިނަ މީހުން މުދަލުޒަކާތް ދެއްކި އަހަރު ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މިއަހަރުގެ އޯގަސްޓް މަހު 09 އިން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 6878.20 ރުފިޔާ ކަމަށް ކަނޑައަޅާފައެވެ. ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެއެވެ.
އިސްލާމިކް މިނިސްޓަރ މިއަދު ވިދާޅުވީ މި އަހަރުގެ މިހާތަނަށް މުދަލުޒަކާތުގެ ގޮތުގައި މުޅިރާއްޖެއިން 85 މިލިޔަން ރުފިޔާވަނީ ދައްކާފައި ކަމަށެވެ. އަދި މިއީ މިހާތަނަށް އެންމެ ގިނައިން މުދަލުޒަކާތް ދެއްކި އަހަރުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"މުދަލު ޒަކާތް ދެއްކި ފަރާތްތަކުގެ މުދަލުގައި މާތް ﷲ ބަރަކާތް ލައްވާށި." މިނިސްޓަރ ޒާހިރު ވިދާޅުވެފައިވެއެވެ.
ޒަކާތް ނެރުން ވާޖިބުވާނީ ފަސް ބާވަތެއްގެ މުދަލުންނެވެ. އެއީ ރަނާއި ރިއްސާއި ފައިސާއާއި، ބިމުން ނެގޭ މަޢުދަންތަކާއި ރިކާޒާއި، ވިޔަފާރި މުދަލާއި، ގޮވާމާއި މޭވާގެތެރޭގައި ހިމެނޭ ގިނަ ދުވަހު ހަލާކުނުވެ ހުންނަ ތަކެއްޗާއި، ގެރި، ބަކަރިއާއި ޖަމަލެވެ.
ނިސާބު ހަމަވާ ފަރާތްތަކުން މިލްކިއްޔާތުގައި ހުރި މުދަލާއި ފައިސާއިން 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ދައްކަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު