ދަޢުލަތުން ވައްކަން ކޮށްފައިވާ އެންމެންގެ މައްސަލަވެސް ބަލަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް، މޯޑް ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީން ގެއްލިފައިވާ ދަޢުލަތުގެ ފައިސާގެ މައްސަލާގައި، ރައީސް ޔާމީން އެކަނި ޖަލުގައި އޮތުމަކީ އިންސާފެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު މެމްބަރު މޯޑު ވަނީ ރައީސް ނަޝީދަށް އެކަމުގައި ތާޢީދު ކުރަށްވާފައެވެ.
ކުރީގެ ނޫސްވެރިޔާ މޯޑު ވިދާޅުވީ، އޭނާ ޤަބޫލު ކުރަށްވާ އުސޫލަކީ، "ކޮންމެ ޕާޓީއެއްގައި ހުރެ ނަމަވެސް ދަޢުލަތުން ވައްކަން ކޮށްފިނަމަ އެކަން ބަލާ ފިޔަވަޅުއެޅުން" ކަމަށެވެ.
ރައީސް ޔާމީންގެ 61 ވަނަ އުފަން ދުވަހުގެ މުނާސަބަތުގައި، އިދިކޮޅު ޕާޓީތަކުގެ މަޖިލީސް މެމްބަރުން ކުރައްވާފައިވާ ޓުވީޓްތަކެއް ރިޓްވީޓް ކުރެއްވުމަށްފަހު ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ކުރާން ބުނި ކަންކަން ކުރަން ޖެހޭ ކަމަށާއި، ކުރީ ސަރުކާރުގެ ވައްކަންތައް ބަލަން ޖެހޭ ކަމަށާއި، އަދި މަރުކޮމިޝަނުން މައްސަލަތައްވެސް ބަލަން ޖެހޭ ކަމަށެވެ.
ރައީސް ނަޝީދުގެ އަތްޕުޅުން ލިޔުއްވާފައިވާ މި ނޯޓާއެކު ކުރެއްވި ޓްވީޓެއްގައި މެމްބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް ވިދާޅުވެފައިވަނީ، ރައީސް ނަޝީދު ކުރެއްވި ރިޓްވީޓްތަކުގެ ސިއްރަކީ އެއީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު