އޭޑީކޭ އިން ކޯވިޑް-19 އަށް ޓެސްޓް ހަދަނީ އަގު ދައްކާ ގޮތަށް ކަމަށާއި، އެކަން ކުރާނީ އާސަންދައިގެ ތެރެއިން ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ދަރުބާރުގޭގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ އޭޑީކޭއިން ޓެސްޓުތައް ހަދަން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންކަމަށެވެ. އަދި އެކަން ކުރާއިރު އޭޑީކޭއަށް އަގެއްދޭނެކަމަށާއި، އެކަން ކުރުމަށް ނިންމާފައިވަނީ އާސަންދައިގެ ތެރެއިންކަމަށް މަބްރޫކް ވިދާޅުވި އެވެ. ނަމަވެސް އޭޑީކޭއަށް ސަރުކާރުން މި ޓެސްޓް ކުރުމަށް ދޭ އަގު ފަހުން ހާމަކުރައްވަމުން ގެންދަވާނެކަމަށް މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވިގޮތުގައި އޭޑީކޭއިން ޓެސްޓުތައް ހެދިނަމަވެސް އެކަން ކުރާނީ އެންއީއޯސީގެ ޓީމުތަކުންނެވެ.
ކޯވިޑް-19 އަށް ޓެސްޓުކުރުމަށް އައިޖީއެމްއެޗްގައި އައު މެޝިނެއް ބެހެއްޓުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. އައިޖީއެމްއެޗްގައި ބަހައްޓާ މެޝިނުން ދުވާލަކު 600 ޓެސްޓް ހެދޭނެ ކަމަށް ސަރުކާރުން ބުނެއެވެ. އަންނަ އާދިއްތަ ދުވަހު އޭޑީކޭގައި ކޮވިޑަށް ޓެސްޓްކުރުމުގެ މަސައްކަތް ފެށުމަށް ނިއްމައިފައިވާއިރު އެ ހޮސްޕިޓަލުން ދުވާލަކު 500 ޓެސްޓް ހެދޭނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު