ހަމަ އެކަނި މާއްދިއްޔަތަށް ލެނބުމަކުން ތަރައްޤީއެއް ނުވާނެ ކަމަށް އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސް ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ފުރަތަމަ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިމޭރުމުން ވިދާޅުވެފައިވަނީ ރާއްޖެއަށް ހޯމްސްޓޭ ފަތުރުވެރިކަން ތައާރަފްކުރުމާއި ގުޅިގެން ބައެއް ފަރާތްތަކުން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.
ޑރ. ޝަހީމް ވިދާޅުވީ އިންސާނީ ޙަޟާރަތުގެ ތާރީޚަށް ބަލާއިރު، އެބަޔަކު ޤަބޫލުކުރަމުން ދިޔަ ބަހާތަކާއި އަޚުލާޤިއްޔާތާއި އުޞޫލުތައް އެއް ފަރާތްކޮށް، ހަމަ އެކަނި މާއްދިއްޔަތުގެ މައްޗަށް ބިނާކުރި އިންސާނީ ޙަޟާރަތްތައް ދެމިގެން ގޮސްފައިނުވާކަމަށެވެ.
"ޙަޟާރަތްތައް ދެމިގެން ދަނީ، އެބަޔަކު ޤަބޫލުކުރާ ބަހާތަކާއި އުޞޫލުތަކުގެ މިންގަނޑުތަކުގެ ތެރެއިން މާއްދިއްޔަތު މިންކުރެވިގެންކަމީ ތާރީޚުން ފެންނާން އޮތް ޙަޤީޤަތެއް." ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިތުރަށް ވިދާޅުވެފައިވަނީ ދުނިޔޭގައި ދެމިގެންއައި އެންމެ ވަރުގަދަ ޙަޟާރަތަކީ އިސްލާމީ ޙަޟާރަތުކަމުގައި ވެގެންދިޔައީ ވަޙީގެ މައްޗަށް ޤާއިމުވި ޢަޤީދާއާއި އަޚުލާޤާއި އިޖުތިމާޢީ އުޞޫލުތައް ދަމަހައްޓައި އޭގެ އަލީގައި ދުނިޔެ ބިނާކޮށް ތަރައްޤީކުރަން މަސައްކަތްކުރުމުން ކަމަށެވެ.
ތަޢުލީމާއި ތަރުބިޔަތާއި ފިކުރާއި އިސްލާމީ އަޚުލާޤާއި ޙަޟާރަތާއި ޘަޤާފަތާއި އިސްލާމީ މެދުމިނުގެ އުޞޫލުތައް ކުރިއެރުވުމަށް އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ ނަމުގައި ޖަމިއްޔާއެއް އުފައްދަވައިގެން މަސައްކަތް ކުރަށްވާ ޑރ. ޝަހީމް ގެންދަވަނީ ރާއްޖޭގައި ހުރި އިޖްތިމާޢީ ގިނަ މައްސަލަތަކާ ގުޅިގެން އޭނާގެ ރަޢުޔު ފާޅުކުރަށްވަމުންނެވެ.
މިއަހަރުގެ ފުރަތަަމަ ދުވަހު ރާއްޖެއަށް ހޯމްސްޓޭ ފަތުރުވެރިކަން ތައާރަފްކޮށްފައިވާއިރު އެކަން ގާތުން ސަރުކާރުން އޮތީ ހާމަކޮށްފައެވެ. އަދި ހޯމްސްޓޭ ފަތުރުވެރިކަމަށް ހާއްސަ އުސޫލުތަކެއްވެސް ސަރުކާރުން ވަނީ އެެކަށައަޅާފައެވެ.

އިންސާނީ ޙަޟާރަތުގެ ތާރީޚަށް ބަލާއިރު، އެބަޔަކު ޤަބޫލުކުރަމުން ދިޔަ ބަހާތަކާއި އަޚުލާޤިއްޔާތާއި އުޞޫލުތައް އެއް ފަރާތްކޮށް، ހަމަ އެކަނި މާއްދިއްޔަތުގެ މައްޗަށް ބިނާކުރި އިންސާނީ ޙަޟާރަތްތައް ދެމިގެން ގޮސްފައިނުވާކަން ފާހަނގަވޭ. pic.twitter.com/rs7a8iYn7N
— Mohamed Shaheem Ali Saeed (@Mohamedshaheem1) January 5, 2022
ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިތުރަށް ވިދާޅުވެފައިވަނީ ދުނިޔޭގައި ދެމިގެންއައި އެންމެ ވަރުގަދަ ޙަޟާރަތަކީ އިސްލާމީ ޙަޟާރަތުކަމުގައި ވެގެންދިޔައީ ވަޙީގެ މައްޗަށް ޤާއިމުވި ޢަޤީދާއާއި އަޚުލާޤާއި އިޖުތިމާޢީ އުޞޫލުތައް ދަމަހައްޓައި އޭގެ އަލީގައި ދުނިޔެ ބިނާކޮށް ތަރައްޤީކުރަން މަސައްކަތްކުރުމުން ކަމަށެވެ.
ތަޢުލީމާއި ތަރުބިޔަތާއި ފިކުރާއި އިސްލާމީ އަޚުލާޤާއި ޙަޟާރަތާއި ޘަޤާފަތާއި އިސްލާމީ މެދުމިނުގެ އުޞޫލުތައް ކުރިއެރުވުމަށް އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ ނަމުގައި ޖަމިއްޔާއެއް އުފައްދަވައިގެން މަސައްކަތް ކުރަށްވާ ޑރ. ޝަހީމް ގެންދަވަނީ ރާއްޖޭގައި ހުރި އިޖްތިމާޢީ ގިނަ މައްސަލަތަކާ ގުޅިގެން އޭނާގެ ރަޢުޔު ފާޅުކުރަށްވަމުންނެވެ.
މިއަހަރުގެ ފުރަތަަމަ ދުވަހު ރާއްޖެއަށް ހޯމްސްޓޭ ފަތުރުވެރިކަން ތައާރަފްކޮށްފައިވާއިރު އެކަން ގާތުން ސަރުކާރުން އޮތީ ހާމަކޮށްފައެވެ. އަދި ހޯމްސްޓޭ ފަތުރުވެރިކަމަށް ހާއްސަ އުސޫލުތަކެއްވެސް ސަރުކާރުން ވަނީ އެެކަށައަޅާފައެވެ.
ކިޔުންތެރިންގެ ހިޔާލު