ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުން މިނިވަން ކުރުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ޑީއާރުޕީގެ ލީޑަރު، ޖާބިރު މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ކޯވިޑް-19 ގެ ބަލިމަޑުކަން ރާއްޖެއަށް ފޯރައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓި އިގްތިސާދު ހީނަރުވެ ރައްޔިތުން ބިކަހާލުގައި ޖެހުމުގެ ފުރުސަތު ބޮޑުވެފައި އޮތް މިދަނޑިވަޅުގައި ރައީސް ޔާމީން ވަގުތުން ޖަލުން މިނިވަންކުރުމަށް ގޮވާލާފައި ވެއެވެ. އަދި އެމަނިކުފާނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައްދަލްކުރައްވައި ރައީސް ޔާމީންގެ ފަރާތްޕުޅުން މިވަގުތު ހޯއްދެވެން އޮތް އެހީތެރިކަމެއް ހޯއްދެވުމަށްވެސް ޖާބިރުގެ ގަރާރުގައި ގޮވާލައްވާފައި ވެއެވެ.

"މުޅި ދިވެހި ރައްޔިތުން އެއްގަލަކަށް އަރައި ސިޔާސީ ވާދަވެރިކަން ނެތިކޮއްލައި ގައުމީ ރޫހެއްގައި ރައްޔިތުންނާއި ގައުމު ސަލާމަތްކުރުމުގެ މާތް މަގްސަދުގައި ބުނެވިދިޔަ ކަންކަން ކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 167 ވަނަ މާއްދާގެ ދަށުން، މިގަރާރު ހުށަހެޅީމެވެ." ޖާބިރުގެ ގަރާރުގައި ބުނެފައިވެއެވެ.

އިދިކޮޅު ކޯލިޝަނުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީނަށް ހުކުމް ކުރީ އިންސާފުން ނޫންކަމަށާއި އަދި ރައީސް ޔާމީނަށް ކުރި ދައުވާ އަކީ ސިޔާސީ އަދި ޒާތި ދައުވާއެއްކަމަށް ދޭހަވާފަދަ މޭރުމަކުން ރައީސް ނަޝީދު ވެސް އެކަމަށް އިއުތިރާފުވެ ވަޑައިގެންފައިވާކަމަށެވެ.

އެހެން ކަމުން ވަގުތުންވަގުތަށް ރައީސް ޔާމީން މިނިވަން ކުރުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ރައީސް ނަޝީދު އިއްޔެ އާންމު ކުރެއްވި ނޯޓެއްގައި ވެސް ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ރައީސް ޔާމިން އެކަނި ޖަލުގައި ބޭންދުމަކީ އިންސާފު ކަމުގައި ދެކިވަޑައި ނުގަންނަވާ ކަމަށެވެ.

ރައީސް ނަޝީދު މި ވާހަކަފުޅަށް ބައެއް މީހުން ވަނީ ފާޑުވެސް ކިޔާފައެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކޮށްފައި ވަނީ މިއީ ވެރިކަމުގެ ޖަޒުބާތުގައި ހިނގާ ކޯޅުމެއް ކަމުގައެވެ.


ކިޔުންތެރިންގެ ހިޔާލު


19

މަރިޔަން ފުޅު

23-May-2020

ސާބަސް ޖާބިރަށް



ޓްރެންޑިން