ކޮވިޑް-19ށް ސާމްޕަލް ނެގުން ލަސްވެ ކަރަންޓީންގައި ތިބޭ މީހުން އިތުރު ދުވަސްތަކެއް ކަރަންޓީންގައި ތިބެންޖެހޭ މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ބުނެފިއެވެ.
ޓާސްފޯސްގެ ތަރުޖަމާނު މަބުރޫކް އަޒީޒު ވިދާޅުވީ، މިހާރު ކުރިއަށްދާ ޕްރޮސަސްގެ ތެރެއިން ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު އަބަދުވެސް މިޕްރޮސަސްގައި ލަސްތައް ހުންނަ ކަމަށެވެ. ޢެގޮތުން ބައެއް ފަހަރު ސާމްޕަލް ނެގުން ލަސްވެ ކަރަންޓީނުގައި 21 ދުވަސްވެފައި އެބަހުރި ކަމަށް މަބުރޫކް ވިދާޅުވިއެވެ. ޢެހެންނަމަވެސް މި މަމަސައްކަތް އިތުރަށް ހަރަދުނާ ކުރުމަށް މަސައްކަތް ކުރަމުންދާކަން އޭނާ ވިދާޅުވި އެވެ.
"ކަރަންޓީންގައި ތިއްބަވާ ވަރަށް ގިނަ ބޭފުޅުންނަށް އިތުރު ދުވަސްތަކެއް ކަރަންޓީންގައި ތިއްބަވަން އެބަ ޖެހޭ. ސާމްޕަލްގެ ނަތީޖާ ނުލިބިގެން. ދެން އަޅުގަނޑުމެން މިހިރަ ލިމިޓެޑް ރިސޯސަސްއާ އެކު ދަތުރު ކުރާއިރު މިކަހަލަ ކަންކަން ދިމާވޭ. އެކަންކަން ރަނގަޅު ކުރުމަށް ވެސް ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރެވޭ. ނަމަވެސް މިކަހަލަ ކަންތައްތައް ދިމާނުވެއެެކޭ އަޅުގަނޑުމެންނަށް ނުބުނެވޭނެ. ބުނާކަށް ވެސް ބޭނުމެއް ނޫން. މަސައްކަތް ކުރާނީ އަވަސް ކުރެވޭތޯ. އިރާދަކުރެއްވިއްޔާ މިކެޕޭސިޓީ އިތުރުވަމުންދާ ވަރަކަށް އެކަހަލަ މައްސަލަތައް ދިމާވާލެއް މަދުވަމުން ހަމަދާނީ." މަބުރޫކް ވިދާޅުވިއެވެ.
މަބްރޫކް މިހެން ވިދާޅުވި ނަމަވެސް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަބަދުވެސް ވިދާޅުވަމުން ގެންދެވީ އެބޭފުޅުން ތިއްބެވީ އެންމެ ގޯސް ހާލަތަށް ވެސް އެންމެ ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ. ނަމަވެސް ކުރިން އަންދާޒާކޮށް ހިސާބުޖެހި މިންވަރާ ގާތަށްވެސް ހާލަތު ނުދާކަމަށް ސިއްހީ މާހިރުން މިއަދު ވިދާޅުވާއިރު މިހާރު ސޯޝަލް މީޑިއާގައި އެންމެ ގިނައިން ކުރެވޭ އެއްޝަކުވާއަކީ ކަރަންޓީނުގައި އެތައް ދުވަހެއް ހޭދަކުރަން ޖެހުމާއި ސާމްޕަލް ނެގުމުގައި އިންތިހާއަށް ލަސްވެ ކަންކަން ބޮއްސުންލަމުންދާ ކަމުގެ ޝަކުވާއެވެ.
ކަރަންޓީން ފެސިލިޓީތަކުގެ ތިބޭ މީހުންގެ ޞިއްޙީ ކަންކަން ބެލުމަށް ކޮންމެ ދުވަހަކު ވެސް ނަރުހުން ޒިޔާރަތްކޮށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި މެޑިކަލް ފެސިލިޓީއަށް ފުރަތަމަ ގެންދާއިރު ޑޮކްޓަރުން ޗެކް ކުރާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ދޫކޮށްލުމުގެ ކުރިން ވެސް ޑޮކްޓަރުން ޗެކްކުރާނެ ކަމަށް މަބުރޫކް ވިދާޅުވިއެވެ. މީގެއިތުރުން ޙާލަތު ސީރިއަސް ކަމަށް ނަރުހުން ފާހަގަކުރާ ބަލިމީހުންގެ ކަންކަން ޑޮކްޓަރުން ޚާއްޞަ ސަމާލުކަމެއް ދީގެން ބަލަމުންދާ ކަން މަބުރޫކް ފާހަގަކުރެއްވިއެވެ.
ކޮވިޑް-19ށް ޓެސްޓުކުރާ މީހުންގެ ނަތީޖާ ނުލިބޭ މައްސަލައާއި ބެހޭގޮތުން މަބްރޫކް ވިދާޅުވީ ކޯލް ސެންޓަރަށް ގުޅާފަ ސާމްޕަލްގެ ނަތީޖާ އެހުމުން އެސާންޕަލްގެ ނަތީޖާއެއް ނުދޭނެ ކަމަށެވެ.
"އާންމުކޮށް ގޭގައި ތިއްބަވާ ބޭފުޅުން ނުވަތަ ކޮންޓެކްޓްގެ ގޮތުގައި ސާންޕަލް ނެގިފައި ރިޒަލްޓް ލިބޭއިރުގަ އެބޭފުޅުންގެ އާއިލާއަށް ޖަވާބު އަރުވާނެ."މަބުރޫކް ވިދާޅުވިއެވެ.
ފެސިލިޓީތަކުގައި ތިބި މީހުންނަށް ޖަވާބު އެރުވުމުގެ އިންތިޒާމުތަކާއި ބެހޭ ގޮތުން މަބްރޫކް ވިދާޅުވީ އެ ނަތީޖާތައް ދޫކުރާނީ ފެސިލިޓީގައި ތިބޭ މެޑިކަލް ޕްރޮފެޝަނަލުންނަށް ކަމަށެވެ. އަދި އެފެސިލިޓީއެއްގައި ތިބޭ ޑޮކްޓަރުންނާއި، ނަރުހުން ސާމްޕަލްގެ ނަތީޖާ ދެމުންދާނެކަން މަބްރޫކް ވަނީ ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު