ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނަތާއި ގުޅިގެން ސަރުކާރުން ކުރިއަށް ގެންދާ ތަހުގީގުގެ ތެރެއަށް އަތްބާނައިގެން އުޅޭ އަނދިރިފަރާތެއް ވާކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ތުހުމަތު ކުރައްވައިފިއެވެ.
ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ ވައްކަމާ ޚިޔާނަތް ބަލައި އިންސާފު ގާއިމްކޮށްދީ އެކަންކަމުގައި ބައިވެރިވި މީހުންނަށް ހައްގު އަދަބުދެއްވާނެ ކަމުގެ ވައުދުވެވަޑައިގެންނެވެ. އެހެން ނަމަވެސް ރައީސް ސޯލިހްގެ ސަރުކާރަށް ދޮޅުއަހަރުވެގެންދާއިރު ދައުލަތުގެ ހުރިހާ ބާރެއްގެ ކޮންޓްރޯލް އޮވެމެ އެމައްސަލަތަކުގެ ތަހުގީގު އެކަށީގެންވާ މިންވަރަކަށް ކުރިއަށް ނުދާތީ ގިނަ ބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނަތުގެ ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެފައިސާ ލޯންޑަރ ކުރެއްވި ކަމުގެ ކުށުގައި ރައީސް ޔާމިންގެ މައްޗަށް 5 އަހަރުގެ ޖަލުގެ ހުކުމެއް ވަނީ އިއްވާފައެވެ. އެމްއެމްޕީއާރުސީގެ ތަހުގީގް ލަސްވެ އެކަމުގެ ކަންބޮޑުވުންތައް އިތުރުވެފައިވާ މިދަނޑިވަޅުގައި މެމްބަރު އިމްތިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ބޭފުޅުންގެ ތެރެއިން ރައީސް މުހައްމަދު ނަޝީދަށް ވުރެ ބޮޑަށް އެމްއެމްޕީއާރުސީގެ މައްސަލަ ބަލަން އިތުރު އެހެން ބޭފުޅަކު މަސައްކަތް ކުރައްވާ މަންޒަރު ނުފެންނަ ކަމަށެވެ. އެކަމަށް ބޭނުންވި ކޮންމެ ގާނޫނެއް ވެސް ވަނީ މަޖިލީހުން އެއް އަހަރު ކުރިން ފާސްކޮށްދީފައިކަން އިންތި ފާހަގަކުރެެއްވިއެވެ.
"ދެން ދިގު އަތް ބާނަައިގެން އުޅޭ އަނދިރި ފަރާތް ނޭނގެނީ." އިމްތިޔާޒު ވިދާޅުވި އެވެ.
ޢެމްއެމްޕީއާރުސީގެ ހިޔާނަތް 3.2 ބިލިއަނަށް އަރާއިރު ބޮޑު ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތު ޖަލަށް ލާން ވަނީ ހުކުމްކޮށްފައެވެ. އެކަަމަކު އެ ހުކުމް ވަނީ ފަހުން ބާތިލްކޮށްފަ އެވެ.
އެމްއެމްޕީއާރުސީގެ ފައިސާ 100 އަށްވުރެ ގިނަ މީހުންގެ އެކައުންޓަށް ވަދެފައިވާ ކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، އެމައްސަލައިގައި މިހާރު ޖަލުގައި ހުންނެވީ ރައީސް ޔާމިން އެކަނިކަން ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް ޚިޔާނާތުގެ ފައިސާގައި ޖެހުނު ކަމަށް ބުނާ އެހެންމީހުންގެ ތަހުގީގުތައް އެކަށީގެންވާ މިންވަރަށް ކުރިއަށް ނުދާތީ ގިނަބަޔަކު ގެންދަނީ ސުވާލު އުފައްދަމުންނެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމިން ހަމައެކަނި ޖަލުގައި ހުންނެވުމަކީ އިންސާފެއް ނޫން ކަމަށް ކުރީގެ ރައީސް، މުހަންމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު