މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް
ސަރުކާރަށް ކޮރަޕްޝަނާއި، ޚިޔާނަތުގެ މައްސަލަތަށް ނުބެލިގެން އުޅެނީ ވެރިން ކޮރަޕްޓްވެ ނާގާބިލު ވުމުގެ ސަބަބުން ކަމުގައި އިދިކޮަަޅު ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ އާއި ޖޭއެސްސީގެ ކޮންޓްރޯލް އޮވެ ކޮރަޕްޝަންގެ މައްސަލަ ނުބެލިގެން އުޅެނީ ވެރިން ކޮރަޕްޓްވެ ނާގަބިލްވުމުން ކަމަށެވެ.

"ކޮރަޕްޝަންގެ ވާހަކަތަކުން ސަރުކާރު ދަނީ ބޭޒާރުވަމުން." ކުރީގެ ސަރުކާރުގެ ދިފާޢީ ވަޒީރު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި ހިމެނޭ އެންމެން ޖަލަށް ލާން ރައީސް ނަޝީދު ވިދާޅުވުމުން "އެ އޯކޭ" ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެމްޑީޕީން ރައީސް ޔާމިނަށް ހެއު ނޭދޭނެ ކަން ފާހަގަކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ، އެމަނިކުފާނަށް އިއްވާފައިވާ ޖަލު ހުކުމަކީ އެމްއެމްޕީއާރުސީގެ މައްސަލަ އާއި ގުޅުމެއް ނެތް ސިޔާސީ ހުކުމެއް ކަމަށެވެ.

ސަރުކާރުން އެތައް މަސައްކަތެއް ކޮށްގެން ވެސް ރައީސް ޔާމިންގެ ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް އެމަނިކުފާނުގެ މައްޗަށް ސާބިތު ނުކުރެވުނު ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ރައީސް ޔާމިން އަށް ދެނީ ނުހައްގު އަނިޔާ. ހަމަވާނީ އަނިޔާވެރިކަމަށް، ޒާތީ ހަސަދަ، ސިޔާސީ ބަދަލު ހިފުން، އިންސާފު އަރާ ހަމަކުރާނެ." އާދަމް ޝަރީފް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭންދުމުގެ މާބޮޑު އިންސާފެއް ވިސްނިވަޑައި ނުގަންނަވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. މިސަރުކާރުން ވެރިކަމަށް އަައީ ވައްކަމާ ޚިޔާނަތް ބެލުމަށް ކަމަށްވާއިރު އެކަން ސަރުކާރުން ކުރަންޖެހޭނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ރައިޔަތު އަހުމަދު

24-May-2020

މަޖިލީހުގައި ގާނޫނު ހަދަން ތިބިމީހުންގެ ފެންވަރު ގްރޭޑް 7 ގެ ލެވެލް ގެ މެޖޯރިޓީ.. މިފަދަ މީހުން އަރާ މިތިބެނީ ޑރ. ނާއި ޕްރޮފެސަރުން އަދި ޢާލިމުނާއި މުފައްކިރުން، މާހިރުންނާއި ހުނަރުވެރިން އަދި ހިކްމަތް ތެރިންނާއި އިލްމީ މީހުން އުޅޭނެ ގޮތުގެ ޤާނޫނު ހަދަން.. ދެންވިސްނަވާ މިފަދަ ތަނެއްދޮރެއްނުދަންނަ މީހުން ހަދާ ގާނޫނުގައި ހުންނާނެ އޮށްޓަރާޢި ފެންވަރު.. އެހެންވެ ކޮސްގޮވާތަނަކަށް އެތަންވެފައިވަނީ.. މުސާރަ 100ހާސް މަހަކުނަގާ..؟ ދިވެހީން ހަމަ ބަލަންތިބެނީ؟



ޓްރެންޑިން