ރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ
ރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ
މަޤާމުގެ ޒިންމާ އަދާނުކުރާކަމަށް ބުނެ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު އެދިވަޑައިގެންފިއެވެ.

މަސްދޯނި ފަހަރުގައި ބިދޭސީން މަސައްކަތްކުރާ މައްސަލަ އާއި، ރަށްރަށުގެ ބަނދަރުތައް ބޭނުން ކުރުމަށް ހަދަންޖެހޭ ގަވައިދުތަކާއި އުސޫލުތައް ފުރިހަމަނުކުރާ ކަމަށްބުނެ ޑީއާރުޕީގެ ލީޑަރ ޢަބްދުﷲ ޖާބިރު ހުށައެޅުއްވި މި މައްސަލާގައި، އެދިވަޑައިގެންފައިވަނީ މިނިސްޓަރ ނަހުލާ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށެވެ.

އެކަމަށް އެދިވަޑައިގެން ޖާބިރު، އެ ކޮމިޓީގެ މުގައްރިރު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހަށް ފޮނުއްވާފައިވާ ސިޓީގައި ވަނީ، ރާއްޖޭގެ ރަށްރަަށަށް އަރައި ފޭބުމުގެ ދަތިކަން ނައްތާލުމަކީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުގެ އެންމެ މުހިއްމު އެއް ވައުދަށްވެފައި، ރަށްރަށުގައި މިހާރު ހެދިފައިވާ ބަނދަރުތައް ބޭނުން ކުރުމުގައި އެއްވެސް ހަމައެއް ލަމައެއް ނެތްކަން ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން މަސްދޯނި ފަހަރުގައި ބިދޭސީން މަސައްކަތްކުރުން މަނާކޮށްފައިވާ އިރު، އެއާ ހިލާފަށް ބިދޭސީން މަސްދޯނި ފަހަރުގައި މަސައްކަތްކުރާކަން ވެސް ވަރަށް ބޮޑަށް ފާހަގަކުރެވިފައިވާ ކަމަށް ޖާބިރު ވިދާޅުވެފައިވެއެވެ.

ރަށްރަށަށް އަރައި ފޭބުމަށް ދަތިތައް ދިމާވަނީ ރަށްރަށުގެ ބަނދަރުތައް ބޭނުން ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހަދަންޖެހޭ ގަވައިދާއި އުސޫލުތައް ފުރިހަމަ ނުކުރުމުންކަން ޔަގީނުން އެނގޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

"ވީމާ މިކަންމިގޮތަށް ދިމާވާ ސަބަބު ބެލުމާއި ޒިންމާ އަދާނުކުރެވި މިނިސްޓަރު އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ އޮތަތީ، އެކަމަނާ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރަން އަޅުގަނޑު ބޭނުންވާތީ އެކަން ހަމަޖައްސައި ދެއްވުން އެދި ދެންނެވީމެވެ." ޖާބިރުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-2

އަސްލަމު ހަސަން

24-May-2020

މިފަދަ ދަޑިވަޅުގައި ބުނާހާ އަވަސް ކޮށް މަސައްކަތެއް ނުކުރެވޭނެ,,,އަދި ބިދޭސީން ދޯނިފަހަރުން މަހަށްދަނީ,,މަހަށްދާން ދިވެހި ކުދިން ނުލިބޭތީ,,އަނެއްކާ ކޮއއްމެ ބަޔަކަށްް ކޯއްޓާ ދީގެން ކުރި ވަރުގަދަ ވިޔަފާރިއެއްގެ ސަބަބުން ބިދޭސީން މަގުމަތިވެ އުޅޭނެ ފަދައެއް ނެތީމަ,,އިންސާނިއްޔަތުކަން ހުންނަމީހުން ބިދޭސީން މަހަށް ގެންދަނީ,,,,,,


3

ހަސަން

24-May-2020

ރައީސް އިބޫ އެބަ ޖެހޭ މި އަންހެނާ ބޭރުކުރަން އަނދުން ހުސައިން ވެސް އަންނި ވެސް ނަހުލާ އާއި އެކު އކަހެރިވާކަމަށް ވެސް ވޭ


6

މޮހޮދޭ

24-May-2020

ރައްޔަތު އަހުމަދު ވާހަކަ ވަރަށް ރަނގަޅު މުޅި މަޖިލސް ހެން އެއޮތީބތަންދޮރުނޭނގޭ ކޮހުންގެ މައްޗަށް ކީއްކުރާނީ ރައްޔަތުން ފަގީރުވީމާ ވޯޓުގަނެގެން އެމަިހުންއެތަނަށް އެވަންނަނީ


10

ޔޫސުފް

24-May-2020

ރަށްރަށުގެ ބަނދަރު ބޭނުންކުރުމާބެހޭ ގަވައިދު ހަދަނީ ޓްރާންސް ޕޯޓު މިނިސްޓްރީ އިން ބާ? ާތިޔަ މަޖިލީހުން މުޅި ދުނިޔެވެސް ހިންގަންވީ! ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ކަނޑައަޅަނީ ކޮންފަރާތަކުން ނޭގި މީސްމީހުންގެ އަބުރަށް އަރައިގަނެ, މަގާމުތަކަށް ކުރިމަތިލާ އިލްމާ ތަޖުރިބާ ހުރި މީހާ އަށްވުރެ އިއްޔެ ސްކޫލް ކުއްޖާ ލިބޭ މާކްސް ގިނަވެގެން ވަޒީފާ ދިނުމާ މިހަރަ ކަންވެސް ކުރަންވީމަ ކޮށްލަނީތާ ތިއޮތީވާ ފިސާރި މަޖިލީހެއް.


-10

ރައްޔަތު އަހުމަދު

24-May-2020

މަޖިލީހުގައި ގާނޫނު ހަދަން ތިބިމީހުންގެ ފެންވަރު ގްރޭޑް 7 ގެ ލެވެލް ގެ މެޖޯރިޓީ.. މިފަދަ މީހުން އަރާ މިތިބެނީ ޑރ. ނާއި ޕްރޮފެސަރުން އަދި ޢާލިމުނާއި މުފައްކިރުން، މާހިރުންނާއި ހުނަރުވެރިން އަދި ހިކްމަތް ތެރިންނާއި އިލްމީ މީހުން އުޅޭނެ ގޮތުގެ ޤާނޫނު ހަދަން.. ދެންވިސްނަވާ މިފަދަ ތަނެއްދޮރެއްނުދަންނަ މީހުން ހަދާ ގާނޫނުގައި ހުންނާނެ އޮށްޓަރާޢި ފެންވަރު.. އެހެންވެ ކޮސްގޮވާތަނަކަށް އެތަންވެފައިވަނީ.. މުސާރަ 100ހާސް މަހަކުނަގާ..؟ ދިވެހީން ހަމަ ބަލަންތިބެނީ؟



ޓްރެންޑިން