ޢެމްއެމްޕީއާރުސީގެ ފައިސާ އިން މަނީލޯންޑަރ ކުރެެއްވިކަމުގެ ކުށުގައި ހުކުމްކޮށް ރައީސް އަބުދު ﷲ ޔާމިން އެކަނި ޖަލުގައި ބޭންދުމާމެދު ރައީސް ނަޝީދުގެ ވިސްނުންފުޅު ތަފާތުވުމުން ޖޭއެއްސީން ދެކޭގޮތް ހާމަކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ރައީސް މުހަންމަދު ނަޝީދުގެ އަރިހުން އެދިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދަކީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރެކެވެ. ޢެމަނިކުފާނު އެކޮމިޝަންގައި އިންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ. އެމްއެމްޕީއާރުސީގެ މައްސަލައިގައި ހަމައެކަނި ރައީސް ޔާމިން ޖަލުގައި "ބޭންދުމަކީ" އިންސާފެއް ނޫން ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުން ކުރީގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވަނީ އެކަމުގައި ޖޭއެސްސީން ދެކޭ ގޮތެއް ހާމަކުރެއްވުމަށް ރައީސް ނަޝީދުގެ ކިބައިން އެދިވަޑައިގެންފައެވެ.
"މިއީތޯ އެޖެންޑާ 19 ގައި އެބުނާ އިންސާފަކީ؟" ރީކޯ މޫސަ ސުވާލުކުރައްވާފަައިވެއެވެ.
މީގެ އިތުރުން ރީކޯ މޫސަ ވަނީ ރައީސް ޔާމިން ޖަލުގައި ބޭންދުމަކީ އިންސާފު ނޫން ކަމަށް ރައީސް މުހަންމަދު ނަޝީދު ވިދާޅުވެފައިވާއިރު، ރައީސް ޔާމިންގެ މައްޗަށް ކޮށްފައިވާ ހުކުމާމެދު ޖޭއެސްސީން ދެކޭގޮތެއް ޕީޕިއެމުން އޮޅުން ނުފިލުވާތީ ވެސް ސުވާލު އުފައްދަވާފައެވެ.
ރީކޯ މޫސަ އެ ސުވާލު އުފެއްދެވީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ޓުވީޓަކަށް ރައްދުދެއްވަމުންނެވެ.
"ޔާމިންގެ ހުކުމާ މެދު ޖޭއެސްސީ އިން ދެކޭގޮތް އޮޅުން ނުފިލުވައި އެމްޑީޕީގެ ކަންކަމާއި ތިޔަ އުޅުއްވަނީ ކީއްވެތޯ؟" ޝިޔާމަށް ނިސްބަތްކުރައްވައި ރީކޯ މޫސަ ސުވާލުކުރައްވާފަައިވެއެވެ.
ރައީސް ޔާމިންގެ މައްޗަށް ހުކުމް ކުރަން އޮތް ދުވަހު ސުލޫކީ މައްސަލަ އެއް ބެލުމަށް ކަމަށް ބުނެ އެމައްސަލަ ބަލަމުން ގެންދިޔަ ފަނޑިޔާރު، ހައިލަމް ޖޭއެއްސީ އަށް ހާޒިރުވާން އަންގައި ހާޒިރުނުވުމުން އޭނާ ފަނޑިޔާރު ކަމުން ސަސްޕެންޑްކޮށް އެންމެ ފަހުން މަގާމުން ވެސް ވަނީ ވަކިކޮށްފައެވެ. ރައީސް ޔާމިންގެ މައްޗަށް ހުކުމްކުރީ އެހާތަނަށް މައްސަލައާއި މާބޮޑު ގުޅުމެއް ނެތް އާ ފަސްފަނޑިޔާރުންގެ ބެންޗެއް އަލުން އެކުލަވާލައިގެންނެވެ.
ޖޭއެސްސީގެ މެޖޯރިޓީ ތަމްސީލު ކުރައްވަނީ ރައީސް ނަޝީދުގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅުންނެވެ. އެހެންވީމާ ރައީސް ޔާމީންގެ ހުކުމުގެ މައްސަލައިގައި ޖޭއެސްސީން ދެކޭގޮތެއް ހާމަ ކުރުމަށް ރީކޯ މޫސަ އެދިވަޑައިގަންނަވާ ސަބަބަކީ އެއީ ކަމުގައި ގަބޫލުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު