ޕެންޝަން ފަންޑުގައިހުރި ފައިސާއިން އިންވެސްޓްކޮށްގެން މިހާތަނަށް 3.9 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ހާމަކޮށްފިއެވެ.
ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޕެންޝަން އޮފީހުގެ އެކްޓިންގ ސީއީއޯ ފާތިމަތު ސުޖާތާ ހަލީމް ވިދާޅުވީ، 2009 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާއި ހަމައަށް ޕެންޝަން ފަންޑްގައި ހުރި ފައިސާ އިންވެސްޓްކޮށްގެން 3.9 ބިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ.
ޕެންޝަން އޮފީހުން މި ފައިސާ އިންވެސްޓްކޮށްފައިވަނީ ޓީބިލާއި، ޓީބޮންޑާއި، އިކުއިޓީ އާއި ބޭންކް ޑިޕޮޒިޓްގެ އިތުރުން ސުކޫކް އަދި ކޯޕަރޭޓް ބޮންޑު ގަތުމަށެވެ.
2010 ވަނަ އަހަރު އުފަންވި ޕެންޝަން ޤާނޫނުގެ ދަށުން ދައުލަތުގެ ހުރިހާ މުވައްޒަފުން ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރަންޖެހޭއިރު، 2011 ވަނަ އަހަރުން ފެށިގެން އަމިއްލަ ފަރާތްތަކުގެ ވަޒީފާ އަދާކުރާ ފަރާތްތަކުންވެސް އެ ފަންޑަށް ފައިސާ ޖަމާކުރަންޖެހެއެވެ.
ސުޖާތާ ވިދާޅުވީ، އަމިއްލަ ފަރުދުންގެ ތެރެއިން ދިހަ ހާސް ރުފިޔާއިން ދަށުގައި އެކައުންޓް ބެލެލެންސް ހުރީ 19 އިންސައްތަ މީހުންގެ ކަމަށެވެ. އަދި 450،000 ރުފިޔާއިން މަތީގެ ފައިސާ ހުރީ އެންމެ 2 އިންސައްތަ މީހުންގެކަމަށެވެ.
ދިވެހިރާއްޖޭގައި ޕެންޝަނާބެހޭ ގާނޫނު ވުޖޫދުވެގެން އައިސްފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރުއެވެ. މިގާނޫނު ވުޖޫދުވެ، 2011 ވަނަ އަހަރު ޕެންޝަން އޮފީސް އުފެދި، ޕެންޝަނާއި ބެހޭ ފުރިހަމަ ނިޒާމެއް ރާއްޖޭގައި ގާއިމްވެގެން އައީ ވޯލްޑް ބޭންކުގެ މާލީ އެހީތެރިކަމާއި އެކު 5 އަހަރު ދުވަހުގެ މުއްދަތަށް ރާއްޖޭގައި ހިންގި މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓުގެ އެހީތެރިކަމާއެކުއެވެ.
ޕެންޝަން އޮފީސް ވުޖޫދުވެ، ރިޓަޔަރމަންޓް ޕެންޝަން ސްކީމު އުފެދި ހިނގައިގަތުމާއިއެކު، ޕެންޝަންގެ ނަމުގައި ދައުލަތުން ދެމުން އައި އިނާޔަތްތައް އެއްކުޑައެއްގެ ދަށަށް ގެނައުމަށްޓަކާ، ޕެންޝަންގެ އިނާޔަތުގެ ނަމުގައި އޭގެކުރިން ދައުލަތުން ދެމުން އައި ގިނަ މާލީ އިނާޔަތްތައް ދިނުން ދައުލަތުން ވަނީ ހުއްޓުމަކަށް ގެނެސްފައެވެ.
ދިވެހި ރާއްޖޭގައި އެކަށައެޅިފައި އޮތް ޕެންޝަން ސްކީމުން ރިޓަޔަރމަންޓް ޕެންޝަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އުމުރުން 65 އަހަރު ވުމަށްފަހުއެވެ. އެހެންނަމަވެސް، އުމުރުން 65 އަހަރު ވުމުގެ ކުރިންވެސް މި ސްކީމުން ޒަރޫރީ ބައެއް ހާލަތްތަކުގައި މިހާރުވެސް ފައިސާ ނެގޭނެ ބައެއް އުސޫލުތައް ހަމަޖެހިފައިވެއެވެ.
މިގޮތުން ޕެންޝަނާ ބެހޭ ގާނޫނުގައި ވާގޮތުގެ މަތިން އެމީހެއްގެ ޕެންޝަން އެކައުންޓަށް، ކަނޑައެޅިފައިވާ ވަކިއަދަދަކަށް ފައިސާ ޖަމާ ކުރެވިފައިވާނަމަ އުމުރުން 55 އަހަރު ވުމަށްފަހު ޕެންޝަން ފަންޑުން ފައިސާ ނެގުމަށް ޕެންޝަން ފަންޑުގެ ބައިވެރިންނަށް އެދެވިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު