ޗައިނާ ސަފީރާއި ރައީސް ޞާލިޙް
ޗައިނާ ސަފީރާއި ރައީސް ޞާލިޙް
ޗައިނާ އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާން ލިއޮން ފިތުރު ޢީދުގެ ހެޔޮއެދުންތައް ދިވެހި ބަހުން ލިއުއްވާފައި ދިވެހިންނަށް ފޮނުއްވައިފިއެވެ.

ޗައިނާ ސަފީރު މިރޭ ތާނައިން ލިއުއްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުފާވެރި ކުޑަ އީދުގެ ހެޔޮ އެދުންތައް ލޮބުވެތި އެންމެހާ ދިވެހީންނަށް އަރިސްކުރައްވާ ކަމަށެވެ. މިއީ ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ދިވެހިބަހުން ކުރެއްވި ފުރަތަމަ ޓްވީޓެވެ.

ޗައިނާ ސަފީރު ދިވެހިންނަށް އީދުގެ ތަހުނިޔާ ވިދާޅުވެފައިވާއިރު، ބައެއް ދިވެހިން ވެސް ދަނީ ދިވެހި ބަހުން ޗައިނާ ސަފީރަށް ހެޔޮއެދުންތައް ފޮނުވަމުންނެވެ. އަދި ސަފީރު ދިވެހި ބަހުން އީދުގެ ތަހްނިޔާ ވިދާޅުވުމުން އެކަން ފާހަގަކޮށް ދިވެހިން ގެންދަނީ ސަފީރަށް ޝުކުރު އަދާކުރަމުންނެވެ.

މިހާރު ހުންނެވި ޗައިނާގެ ސަފީރަކީ ސޯޝަލް މީޑިއާ މެދުވެރިކޮށާއި އަދި ބައެއް އެހެން ގޮތްގޮތުންވެސް ދިވެހީންނާއި ވަރަށް އެކުވެރި ގާތް ގުޅުމެއް ބާއްވަވާ ސަފީރެއްކަން ފާހަގަކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން