ކޯވިޑް-19 އަާާއި ގުޅިގެން ކިޔަވައިދިނުން މެދު ކެނޑުމާއެކު ސާނަވީ އިމްތިހާނުތައް ވެސް ވަނީ ފަސްކުރަން ޖެހިފައި
ކޯވިޑް-19 އަާާއި ގުޅިގެން ކިޔަވައިދިނުން މެދު ކެނޑުމާއެކު ސާނަވީ އިމްތިހާނުތައް ވެސް ވަނީ ފަސްކުރަން ޖެހިފައި
މިއަހަރުގެ އޮކްޓޯބަރ/ ނޮވެމްބަރ ގައި ބޭއްވުމަށް ހަމަޖެއްސި ސާނަވީ އިމްތިހާން އަންނަ 2021 ވަނަ އަހަރުގެ މޭ/ ޖޫންގައި ބޭއްވުމަށް ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިއަހަރުގެ އޮކްޓޯބަރު ނޮވެމްބަރުގައި ބޭއްވުމަށް ކުރިން ތާވަލު ކޮށްފައިވާ ސާނަވީ ނިންމާ އިމްތިހާނު ފަސްކޮށްފައި ވަނީ އަންނަ އަހަރުގެ މޭ، ޖޫން އަށް ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މި ބަދަލާއެކު އަލް މަދްރަސަތުލް އަރައްބިއްޔަތުން އިސްލާމިއްޔާގެ ދަރިވަރުން ހަދާ ޝަހާދާ ސާނަވިއްޔާ އިމްތިހާނުތައް ވެސް މިއަހަރު ނޯންނާނެ ކަމަށެވެ. އަދި އެ އިމްތިހާނުތައް ވެސް އޮންނާނީ އަންނަ އަހަރު މޭ، ޖޫން ގައި ކަމަށް އެ ބަޔާނުގައި ވެއެވެ.

އެޑިއުކޭޝަނުން ބުނީ މިހާރު ގްރޭޑް 10 ގައި ކިޔަވާ ދަރިވަރުންނާއި އަލް މަދްރަސަތުލް އަރައްބިއްޔަތުލް އިސްލާމިއްޔާގެ މިއަހަރު ޝަހާދާ ސާނަވިއްޔާ ހަދަން ހަމަޖެހިފައިވާ ދަރިވަރުން 2021 ވަނަ އަހަރުގެ މޭ، ޖޫން އިމްތިހާނުތައް ނިމެންދެން އެދަރިވަރަކު މިހާރު ކިޔަވަމުންދާ ސްކޫލެއްގެ ދަރިވަރެއްގެ ގޮތުގައި ދެމިތިބޭނެ ކަމަށެވެ.

މި ބަދަލުގެ ސަބަބުން ސްކޫލްތަކަށް ދިމާވާނެ ޖާގައިގެ ދަތިކަމުންނާއި މުދައްރިސުންނާއި އެހެނިހެން ވަސީލަތްތަކުގެ ދަތިކަމުން އަރައިގަތުމަށް އަންނަ އަހަރުގެ ދިރާސީ އަހަރު، އަހަރުގެ މެދު ތެރޭގައި ފެށުމަށް، ސޯޝަލް ކައުންސިލްގެ ލަފައާއެކު ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ މި ބަދަލު ދާއިމީ ބަދަލަކަށް ހަދަން ފެނޭތޯ ކަމާ ގުޅުން ހުރި ފަރާތްތަކުގެ ހިޔާލު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މަޝްވަރާތަކަށްފަހު އެކަޑަމިކް ކަލެންޑަރަށް ގެނެވޭ ބަދަލުތައް ލަސްތަކެއް ނުވެ އިއުލާނު ކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން