މިސްކިތްތައް ހުޅުވާލާފައިވާ ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދައަށް އެދި ހުށައަޅަމުންދާ ކަމަށާ އެކަމާ ގުޅިގެން ޓެގް ޓީމްގެ ލަފަޔަކަށް އެދިފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިސްކިތްތައް ހުޅުވާލާފައިވާ ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަައަށް އެދި އެކި ފަރާތްތަކުން އެދެމުންދާ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން ގޮތް ނިންމާނީ ޓެގް ޓީމާއި އެޗްޕީއޭއިން ކަމަށާ މިހާރުވާނީ އެ ބޭފުޅުންގެ ލަފަޔަކަށް އެދިވަޑައިގެންފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޯވިޑާ ގުޅިގެން މިސްކިތްތައް ކުރިން ބަންދުކޮށްފައި ހުރި ނަމަވެސް އެތަށް ދުވަހަކަށްފަހު ބަލި ނެތް ރަށްރަށުގައި މިސްކިތްތަކުގެ ޖަމާއަތް ކުރިއަށް ގެންދިއުމުގެ ހުއްދަ ސަރުކާރުން ވަނީ ދީފައެވެ. އެ ހުއްދަ 25 ރަށެއް ފިޔަވައި އެހެން ރަށްރަށަށް ދީފައިވާ ކަމަށް ސަރުކާރުން ހާމަކުރެއެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު މިސްކިތްތައް ވަނީ ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު