ހޮންކޮންގގައި ގިނަ ބަޔަކު މާސްކް އަޅައިގެން ހަރަކާތްތެރިވަނީ
ހޮންކޮންގގައި ގިނަ ބަޔަކު މާސްކް އަޅައިގެން ހަރަކާތްތެރިވަނީ
މާސްކް އަޅައިގެން ހޮންގކޮންގގައި ކޯވިޑް-19 ކޮންޓްރޯލް ކުރެވިއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އާންމު ދިރިއުޅުމުގައިވެސް ގިނަބަޔަކު މަގުމައްޗަށް ނުކުމެ އުޅުމުގައި ނުވަތަ އާންމުން ގިނަވާ ތަންތަނަށް ނުކުމެ އުޅޭއިރުވެސް ހޮންކޮންގ ގެ ގިނަ ރައްޔިތުން ދިޔައީ މާސްކް އަޅަމުންނެވެ. އަދި ކޯވިޑް-19 ގެ ބިރު މުޅި ދުނިޔެއަށް ފެތުރެން ފެށުމާއެކު އެގައުމުގެ 99 އިންސައްތަ މީހުން މަގުމައްޗަށް ނުކުމެއުޅޭއިރުގައި މާސް އަޅަން ފަށަފާއިވާ ކަމަށް ވެސް އެގައުމުގެ ރައްޔިތަކާ ހަވާލާދީ ލޮސް އެންޖެލިސް ޓައިމްސް ގައި ބުނެފައިވެއެވެ.

ހޮންކޮންގއަކީ އާބާދީ ބޮޑު، ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތްތަކުގެ ބޭނުން ގިނ ބަޔަކު ހިފައި، އެފަދަ ހިދުމަތްތައް ދޭ ތަންތަނުގައި ތޮއްޖެހުމުގެ ސަބަބުން ކޯވިޑް-19 ފެތުރުމުގެ ބިރު އޮތް ގައުމެކެވެ. މީގެއިތުރުން ކޯވިޑް-19 ފުރަތަމަ ފެށުން ޗައިނާގެ ވޫހާން ސިޓީ އާ ހޮންކޮންގއާއި ދެމެދު ހައި ސްޕީޑް ޓްރެއިންގެ ދަތުރުގެ ޚިދުމަތް ދެމުން ދިއުމަކީ މި ބިރުވެރިކަން އިތުރުވެގެން ދިޔަ އެއް ސަބަބެވެ.

ކޯވިޑް-19 ފެތުރެމުންދާ އެމެރިކާގެ ނިއުޔޯކް ސިޓީގެ އާބާދީއާއި އަޅާކިޔާނަމަ ހޮންގކޮންގއަކީ ނިއުޔޯކް ސިޓީއާއި ދާދި އެއްވަރުގެ އާބާދީއެއް އޮންނަ ގައުމެކެވެ. އާބާދީގައި 7.5 މިލިއަން މީހުން ދިރިއުޅެމުންދާ ހޮންކޮންގގައި ކޯވިޑް-19 ގައި މަރުވެފައި ވަނީ އެންމެ ހަތަރު މީހުންނެވެ. އާބާދީގައި 8.4 މިލިއަން މީހުން ދިރިއުޅެމުން ގެންދާ އެމެރިކާގެ ނިއުޔޯކްގެ އާބާދީގެ 28،000 މީހުން މިބަލީގައި މިހާތަނަށް ވަނީ މަރުވެފައެވެ. އެހެންވީމާ ހޮންކޮންގ މީހުން ކޯވިޑް-19 ކޮންޓްރޯލް ކޮށްފައި ވަނީ މާސްކް އަޅައިގެން ކަމުގައި ބުނާ ވާހަކައަކީ ގަބޫލުކުރަންޖެހޭ ވާހަކައެއްކަމުގައި މިހާރު ވަނީ ގަބޫލުކުރެވިފައެވެ.

މާސްކް ނާޅައި މަގުމައްޗައް ނުކުތުމުން ހޮންކޮންގގެ ރައްޔިތުންނަށް މިހާރު ހީވަނީ ހެދުމުގެ ބައެއް މަދުކަމުގައެވެ.


ކިޔުންތެރިންގެ ހިޔާލު


17

މާސްކު

25-May-2020

މިހާރުވެސް އެސް ޓީ އޯ އިން މާސްކު ވިއްކަނީ 2 ރުފިޔާ އަށް


1

މޮހޮދޭ

24-May-2020

ދިވެހި ސަރުކާރުން މާސްކު ބަހަން ވީނުން ނޫނީ 2 ރުފިޔާ އަށް މާސްކު ގަންނަން ލިބޭނޭ ގޮތްފަހިކޮށްދިނަސް އޯކޭވާނެ



ޓްރެންޑިން